Back
Nov 23, 2025 SUN
SUN

ހޮޓެލިއާ ސަމިޓްގެ ޝަރަފްވެރި މެހެމާނަކަށް މިނިސްޓަރު ސަޢީދު

ހޮޓެލިއާ ސަމިޓްގެ ޝަރަފްވެރި މެހެމާނަކަށް މިނިސްޓަރު ސަޢީދު
Lead photo

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)ގެ ކިކް އޮފް އިވެންޓެއްގެ ގޮތުގައި ބާއްވަން ނިންމާފައިވާ ހޮޓެލިއާ ސަމިޓްގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެލައްވާނެ ކަމަށް އިވެންޓް އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނެފިއެވެ.

މާދަމާ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާ މި ސަމިޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 100 ފަރާތަކުން ބައިވެރިވާނެ އެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ 250 ބަޔާސް/މީޑިއާ ވެސް މި ސަމިޓުގައި ބައިވެރިވާނެއެވެ.

ޕްރިމިއަމް އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވާނީ އަދާރަން ރިސޯޓްސް، ރަންގިރި ރިސޯޓްސް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް، ބަނޑޮސް އައިލެންޑް އިސޯޓް އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް މޯލްޑިވްސް އެވެ.

ހޮޓެލިއާ ސަމިޓާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ މި ސަމިޓަކީ ރާއްޖޭގެ ޓުއަރިޒަމްގެ ދާއިރާގެ ސްޓޭކް ހޯލްޑަރުން އެއްތަނަކަށް އެއްވެ، ނެޓްވޯކިން އަށް ދެވޭ މުހިއްމު ފުރުސަތެއް ކަމަށެވެ. ރާއްޖޭގެ ޓުއަރިޒަމްގެ ދާއިރާ ކުރިއެރުވުމަށް މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ނެޓްވޯކިން ހަރަކާތްތަކާއި ޕެނަލް ޑިސްކަޝަންތަކާ އެކު ކުރިއަށްދާ މި ސަމިޓްގެ ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތުއާއި ކްރައުން ކޮމްޕެނީގެ ޑިރެކްޓަރު އަހުމަދު ނަޒީރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ހޮޓެލިއާ ސަމިޓު ކުރިއަށްދާނީ ނުވަގަޑި ބައިން މެންދުރުފަހު އެއްގަޑި ތިރީހަށެވެ.

ހޮޓެލިއާ ސަމިޓަށްފަހު ޓީޓީއެމްގެ އިތުރު ހަރަކާތްތައް މެއި މަހުގެ 5 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބާއްވާ ފުރަތަމަ ސަޕްލަޔާސް އެކްސްޕޯ، ޓުއަރިޒަމް ކެރިއާ ފެއާ، ޓީޓީއެމް ދެވަނަ ގާލާ ނައިޓް ހިމެނެއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics