29 Apr 2018, 17:40
މޯލްޑިވިއަން އައިޑަލްގެ ގަދަ ފަހެއްގައި ހިމެނުނު ބައިވެރިންނަށް ބީއެމްއެލް އާއި ދިރާގުން އަގުބޮޑު ހަދިޔާތަކެއް ދީފިއެވެ.
ދިރާގުގެ ފަރާތުން އައިޑަލްގެ ގަދަ ފަހެއްގެ ބައިވެރިންނަށް ވަނީ ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓް، (100 އެމްބީޕީއެސް) މޮޑެމް އަކާއެކު ދީފައެވެ. މި ކަނެކްޝަން އެއްއަހަރު ދުވަހު ހިލޭ ބޭނުންކުރެވޭއިރު ދިރާގުން ވަނީ މި ފަސްބައިވެރިންނަށް 55 އިންޗީގެ ޓީވީ އަކާއި އެއް އަހަރު ހިލޭ ބޭނުންކުރެވޭނެ ކަނެކްޝަނެއްވެސް ދީފައެވެ.
ބައިވެރިންނާ ހަދިޔާތައް ހަވާލުކޮށްދެއްވީ އިއްޔެގެ ޝޯގައި ދިރާގުގެ މެނޭޖާ ކޮމިއުނިކޭޝަންސް އެންޑް މާކެޓިން މުހައްމަދު މިރުޝާން އެވެ. ބައިވެރިންނާ މުޚާތަބުކޮށް މިރުޝާން ވަނީ މޯލްޑިވިއަން އައިޑަލްގެ ގަދަ ފަސް ބައިވެރިންނަށް ހިތްވަރުދެއްވައިފައެވެ.
THANK YOU@bankofmaldives❤️❤️#MaldivianIdolpic.twitter.com/0dn8Fs9Qvd
— Maldivian Idol (@Maldivian_Idol)April 28, 2018
ދިރާގަކީ މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ސްޕޮންސާ އެވެ.
ރޭގެ ޝޯގައި ބީއެމްއެލްގެ ފަރާތުން ވެސް ކޮންމެ ބައިވެރިއަކަށް ވަނީ 10،000 ރުފިޔާގެ ގިފްޓް ކާޑެއް ހަދިޔާކޮށްފައެވެ. ގިފްޓް ކާޑުތައް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީއެވެ. އެންޑްރޫ ވެސް ވަނީ ގަދަ ފަހެއްގެ ބައިވެރިންނަށް މަރުހަބާ ދަންނަވައި ހިތްވަރުދެއްވައިފައެވެ.