އެޕަލް އިން ތިން މޮޑެލްއެއްގެ އައިފޯނު މި އަހަރު ނެރޭނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. މީގެ ތެރެއިން އެއް ފޯނަކީ އައިފޯނު އެކްސް އާއި އައިފޯނު އަށެއްގެ ފީޗާސްތައް ހިމަނައިގެން ނެރޭނެ ފޯނެކެވެ.

މި ފޯނާ ގުޅޭ ގޮތުން ބައެއް ޓެކް ވެބްސައިޓުތަކުގައި ބުނެފައި ވަނީ އެޕަލް އިން އައިފޯނު އެކްސް އާއި އަށެއްގެ ފީޗާސްތަކާ އެކު ނެރޭ ފޯނުގައި ތްރީޑީ ޑިސްޕްލޭ އެއް ބޭނުމެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި މި ފޯނުގައި ބޭނުންކުރާނީ އަޕްޑޭޓެޑް ޑިސްޕްލޭ އެއް ކަމަށާއި އެއާ އެކު އެވްރެގުގޮތެއްގައި އަގަށް 26 ޑޮލަރު އިތުރުވާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މި 6.1 އިންޗީގެ ފޯނުގައި ކަވާ ގްލާސް ސެންސާ ކިޔާ ފީޗާ އެއް ހިމަނާނެ އެވެ. މީގެ ސަބަބުން ފޯނު ލުއިވާނެ ކަމަށް ވެސްވެ އެވެ.

ތްރީޑީ ސްކްރީން ބޭނުން ކުރުން ހުއްޓާލި ނަމަވެސް އޭގެ ސަބަބުން ކަސްޓަމަރުންނަށް އެއްވެސް ނުތަނަވަސްކަމެއް އިހުސާސް ނުވާނެކަމަށްވެ އެވެ.

ކުރިއަށް އޮތްތަނުގައި ޓަޗްލެސް ގެސްޗާ، އަދި ކާވްޑް ޑިސްޕްލޭ ވެސް އައިފޯނުތަކުގައި ހިމަނަން އެޕަލް އިން ދަނީ ވިސްނަމުންނެވެ.