ހުޅުމާލޭގެ ތިން ތަނެއް ފަޅާލައި ވައްކަންކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ހުޅުމާލޭގެ ދެ ފިހާރައަކާއި ސެލޫނެއް ފަޅާލައިގެން ވައްކަން ކުރި ކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްުޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ރޭ ވަނީ ހުޅުމާލޭގައި ހުންނަ "ސުއި" ސެލޫން ފަޅާލައި ވައްކަންކޮށްފައެވެ.

ހުޅުމާލޭގައި ދާދި ފަހުން ވަނީ އޮފީހަކަށް ވަދެ ތިޖޫރީއެއް ފަޅާލައިގެން ވައްކަން ކުރަން އުޅުނު ދެ ޒުވާނަކު ހައްޔަރުކޮށްފައެވެ.