01 Sep 2011, 23:10
މާފަންނު ޔޭސްމިން ކިޔާ ގެއެއްގައި ދިރިއުޅޭ ބަނގުލާދޭޝް މީހެއްގެ ގައިގައި ބަޔަކު ތަޅައިގަނެ އެމީހާގެ ލޯމަތި ފަޅާލި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ފުލުހުން ތިން ބިދޭސީއަކު ބިޑިއަޅައިގެން ދެންމެ ހައްޔަރުކޮށްފި އެވެ.
އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔަކު ދެންމެ ބުނީ އެ ސަރަހައްދަށް ވަރަށް ގިނަ މީހުން ޖަމާވެފައިވާ ކަމަށާއި އެ ތަނަށް މީހުން ޖަމާވީ އޭނާ ހަޅޭއްލައްވައި ރޯ އަޑަށް ކަމަށެވެ. އަދި އޭނާ މިހާރު ހޮސްޕިޓަށް ގެންގޮސްފައިވާ ކަމަށާއި ލޯމަތިން ވަރަށް ބޮޑަށް ލޭ އަންނަ ކަމަށެވެ.
ސަންގެ ނޫސްވެރިޔާ ބުނީ އެ ގޭގެ އެއްވަނަ ބުރީގައި އިންޑިއާ އަދި ބަނގުލަދޭޝްގެ 15 މީހުން އުޅޭނެ ކަމަށާއި މިހާރު އެ ތަނުގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެއީ އެތަނަކީ ފެންޓަސީގެ ބިދޭސީ މީހުން ތިބޭ ގެއެއް ކަމަށް އެނގިފައިވެ އެވެ.
އެ ތަނުގައި ހުރި ބަނގުލުދާޝް މީހަކު ބުނީ މައްސަލަ ދިމާވެ ތަޅާފޮޅުމަކަށް ދިޔައީ އެ ތަނުން މީހަކަށް ކާން ނުދޭނެ ކަމަށް ބުނުމުން އެ މީހާ "ބޮޑުމީހާ އަށް ގުޅާނެ" ކަމަށް ބުނުމުން ކަމަށެވެ.