28 Apr 2018, 13:44
ޤައުމީ ބޭންކް، ބީއެމްއެލްގެ މުވައްޒަފުންގެ ތެރެއިން މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފަކަށް ޕްރޮޕަޓީސް ޔުނިޓްގެ މޫސާ މުހައްމަދު ހޮވައިފިއެވެ.
މޫސައަށް އެވޯޑު ހަވާލުކޮށްފައިވަނީ އެ ބޭންކުގެ އަހަރީ އެވޯޑް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައެވެ. މި ހަފްލާގައި މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވަނީ އެވޯޑު ދީފައެވެ.

ބީއެމްއެލްގެ މުވައްޒަފުންތަކެއް--- ފޮޓޯ: ބީއެމްއެލް
ރޭގެ ހަފްލާގައި އިތުރު އެވޯޑުތައް ހާސިލްކުރި މުވައްޒަފުންގެ ތެރޭގައިބެސްޓް ލީޑާ އެވޯޑު ހާސިލުކުރި ހުޝާމް ސައީދު (އައިޓީ)،ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓްހާސިލްކުރި މޫސާ މުންސިފް މުޙައްމަދު (ސްޓެޓީޖިކް ޕްލޭނިންގ އެންޑް ޗޭންޖް) އަދި ކްރެޑިޓް ޑިވިޜަން ގެ އިތުރުންއެކްސެޕްޝަނަލް ކޮންޓްރިބިއުޝަން އެވޯޑްހާސިލްކުރި ސަހާ ވަޙީދު ( ޕީޕަލް އެންޑް ޗޭންޖް) ހިމެނެއެވެ.
މީގެ އިތުރުން ބެސްޓް މެނޭޖަރ، ބެސްޓް ޑިވިޝަނަލް ސްޓާފް، ވޮލަންޓިއަރ ސާވިސް، ސްޕޯޓްސް ސްޕިރިޓް، ރެކަގްނިޝަން ފޯ އެޗީވްމަންޓް، އިނޮވޭޝަން، އަންސަންގް ޗެމްޕިއަން، ކަސްޓަމަރ ސާވިސް ސްޓާރ، ރައިޒިންގ ސްޓަރ، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ދޯނި ސްޓާފް، ބެސްޓް މާލޭ ބްރާންޗް، ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް ވެސް ވަނީ ހޮވައިފައެވެ.

ބީއެމްއެލްގެ މުވައްޒަފުންތަކެއް--- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ސްޓާފް އެވޯޑްސް އާ ގުޅޭ ގޮތުން އެ ބެންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކުރެވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމަށެވެ.
"ބޭންކުން ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ އެ މުވައްޒަފުން. މިރޭ އެވޯޑްތައް ހާސިލް ކުރި މުވައްޒަފުންނަށާއި އެވޯޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާކިޔަން. އަދި ބޭންކްގެ ހުރިހާ މުވަޒަފުން ކުރަމުންގެންދާ މިންނަތް މަސައްކަތަށާއި ބަހައްޓާ ފަރުވާތެރިކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރަން." ހީލީ ވިދާޅުވިއެވެ.

ބީއެމްއެލްގެ މުވައްޒަފުންތަކެއް--- ފޮޓޯ: ބީއެމްއެލް .
ސްޓާފް އެވޯޑް ހަފްލާއަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ބާއްވާ މުހިންމު އެއް ހަރަކާތެވެ.
މަސައްކަތް ކުރަން އެންމެ ރަގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި، ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" މި ދިޔަ އަހަރު ބޭންކަށްވަނީ ލިބިފައެވެ.