މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ތިން އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނީ ތ، ދ އަދި ލ. މި ތިން އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

އެ ހިސާބުތަކަށް ވިއްސާރަކޮށް އޭގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.

ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 09:30 އިން ފެށިގެން މިއަދު މެންދުރު 12:00 އާ ހަމައަށެވެ.