28 Apr 2018, 10:38
ޗައިނާގެ ސްމާޓްފޯނުގެ ބާޒާރަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާ ލިބުނީ ލަފާކުރިވަރަށް ވުރެ ދަށްކޮށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ ޗައިނާގެ ސްމާޓްފޯނުގެ ބާޒާރު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އެގޮތުން ސްމާޓްފޯނުގެ ވިޔަފާރި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 21 ޕަސެންޓް ދަށްވެފައެވެ.
ޗައިނާގެ ސްމަޓްފޯނުގެ ބާޒާރަށް ހީނަރުކަން އައިސްފައިވާ ކަމަށް ރިޕޯޓުކޮށްފައި މިވަނީ ކޮރެއާގެ ސެމްސަންގަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިކޯޑު އަދަދެއްގެ ފައިދާ ވެފައިވާކަމަށް އެކުންފުނިން ބުނެފައިވަނިކޮށެވެ.
ނަމަވެސް ސެމްސަންގަށް އަދި އެޕަލް އަށްވެސް ޗައިނާގެ ބާޒާރުގައި ރަނގަޅު ވިޔަފާރިއެއް ނުކުރެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެޕަލްއަކީ ޗައިނާގައި މަގުބޫލު މޮޑެލްއެއް ނަމަވެސް އައިފޯނު އެކްސްގެ އަގުބޮޑުކަމުން ޗައިނާގެ ބާޒާރުގައި އެ ފޯނަށް މާ ބޮޑު ޑިމާންޑެއް ނެތެވެ.
ޗައިނާގެ ޒިއޯމީއާއި ވާވޭއަކީ މި ހީނަރުކަމުގައިވެސް އެންމެ ބޮޑު ފައިދާ ހޯދި ދެ ކުންފުންޏެވެ. ނަމަވެސް މި ދެ ކުންފުނިންވެސް ބުނަނީ ކުރިއަށް އޮތްތަނުގައި ޗައިނާގެ ސްމާޓްފޯނުގެ ބާޒާރު ދަށަށް ދާނެ ކަމަށެވެ. ނަމަވެސް އޮއްޕޮ އަދި ވީވޯގެ އާ ފޯނުތަކާއެކު ކޮންމެވެސް ވަރަކަށް ޗައިނާގެ ފޯނުތަކަށް ޑިމާންޑް އޮންނާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.