ގިނަ އަދަދެއްގެ މީހުންނާއެކު ހުޅުމާލެ އިން މާލެ އައި ފެރީއެއް ތޮށިގަނޑުގައި ޖެހި އެއިން ދަތުރުކުރި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

މިރޭ ގާތްގަނޑަކަށް 7:25 އެހާކަންހާއިރު މާލެ އައި ފެރީ، ތޮށިގަނޑުގައި ޖެހުނީ މާލެއަށް ލަފަން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނެއްޓިގެނެވެ.

ފުލުހުން ބުނީ "ހުއްޓައިލި" ނަމަކަށް ކިޔާ ފެރީ، ތޮށިގަނޑާ ކައިރި ކުރަން އުޅުމުގެ ތެރޭގައި ވަރަށް ބާރަށް ތޮށިގަނޑުގައި ޖެހި، ފެރީގައި އިން ސައިކަލެއް ފުރޮޅާލައިގެން ވެއްޓުމުގެ ސަބަބުން ފެރީގައި އިން ކުއްޖަކަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށެވެ.
"ސީރިއަސް ގެއްލުމެއް ނުލިބޭ، އެހެންނަމަވެސް ގެއްލުންވި އަދި އެ ސައިކަލަށް ވެސް ގެއްލުން ލިބުނު،" ފުލުހުން މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ފެރީ ތޮށިގަނޑުގައި ޖެހުމުގެ ސަބަބުން ދެ ކުއްޖަކަށާއި އިތުރު މީހަކަށް އަނިޔާވެ އޭގެ ތެރެއިން އެއް ކުއްޖެއްގެ ދަތްދޮޅިން ތަންކޮޅެއް ފަޅައިދިޔަ ކަމަށާއި ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވެސް ގެންދިޔަ ކަމަށެވެ.

ފެރީ ކޮންޓްރޯލް ނުވެ ތޮށިގަނޑަށް އެރީ ބުރަފަތީގައި އެއްޗެއް އޮޅިގެން ކަމަށް ވެއެވެ. އެކްސިޑެންޓުގައި ފެރީއަކަށް ގެއްލުމެއް ނުލިބެ އެވެ.