ޖީމެއިލްގެ އިންޓަފޭސްއަށް ބަދަލު ގެނެސް ޔޫޒަރުންނަށް ދޫކޮށްލައިފިއެވެ. ހުސްވި ހަފްތާއިން ފެށިގެން އާ އިންޓަފޭސް ޔޫޒަރުންނަށް ލިބިފައިވާއިރު، ކުރީގެ އިންޓަފޭސްގައި ސެޓިންގްސް އޮޕްޝަން އިން އާ އިންޓަފޭސްއަށް ބަދަލު ކުރެވޭނެއެވެ.

އާ އިންޓަފޭސްއާއެކު ޖީމެއިލް ބޭނުންކުރާ މީހުންނަށް މެއިލް ބޭނުންކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެގޮތުން ކުއިކް ރިޕްލައި، އީމެއިލްތައް ފަހުން ބަލާލަން ބޭނުން ނަމަ ސްނޫޒް އޮޕްޝަނެއް އަދި ކޮންފިޑެންޝަލް މެއިލްތައް ލޭބަލް ކުރަން ކޮންފިޑެންޝަލް އޮޕްޝަނެއް ވެސް ހިމެނެއެވެ.

މީގެ އިތުރުން ގޫގުލް ކަލަންޑަރުގެ މިނީ ވާޝަނެއްގެ ގޮތުގައި ޓާސްކް ބާއެއްވެސް ވަނީ ހިމަނައިފައެވެ. މިއާއެކު އަމިއްލައަށް ޝެޑިއުލް ރާވައި، ކުރަންހުރި ކަންތައް ރިމައިންޑާއެއްގެ ގޮތުގައި ހިމަނައިލެވޭނެއެވެ.