28 Apr 2018, 10:39
މަޝްހޫރު ޓެލުގޫ ފިލްމު "އަރްޖުން ރެއްޑީ"ގެ ހިންދީ ރީމޭކްއަށް ބޮލީވުޑްގެ ކާމިޔާބު ބަތަލު ޝާހިދު ކަޕޫރު ހަމަޖައްސައިފިއެވެ.
ފިލްމުގެ ފިރިހެން ލީޑަށް ޝާހިދު ހަމަޖައްސާފައިވާ ކަމަށް އިއުލާންކުރި ނަމަވެސް ފިލްމުގެ އަންހެން ލީޑެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.
ފިލްމުގެ ޝޫޓިން އަންނަ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެ ފިލްމުގެ ފިރިހެން ލީޑަށް އަރްޖުން ކަޕޫރު ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް މިހާރު ފިލްމުގައި ހަރަކާތްތެރިވާނެ ފިރިހެން ލީޑް މިވަނީ ކަށަވަރުވެފައެވެ.
ޓެލުގޫ ފިލްމު "އަރްޖުން ރެއްޑީ" އިން ފެނިގެން ދިޔައީ ކާމިޔާބު ޑޮކްޓަރެއްގެ ދިރިއުޅުމެވެ. ހަޔާތުގައި އޭނާއަށް ލޯބިވެ އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަން ޖަހާލާ މަންޒަރެވެ.