01 Sep 2011, 15:37
މާލެ އިން މަނަދު އަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ބްލެޓް ސައިޒްގެ 10 ޕެކެޓް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެތަކެތި ފެނިފައި ވަނީ މަނަދޫ ބަނދަރަށް ބޭލި މުދާތަކުގެ ތެރެއިން ހަވާލުވާނެ ފަރާތެއް ނެތް ޕާރުސަލެއް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، އެ ކަނޑައި ބެލި އިރު އޭގެ ތެރޭގައި އޮތް ސޯނާ ގަޑިއެއްގެ ތެރެއިން ކަމަށެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.