ސްނެޕްޗެޓުގެ ޓެކްނޮލަޖީ ގެޒެޓް "ސްޕެކްޓެކްލްސް"ގެ އާ ވާޝަނެއް ނެރެފިއެވެ.

މިފަހަރު ނެރުނު އައިނަކީ ވޯޓާ ރެސިސްޓެންޓް، ކުރީގެ އައިނާ އަޅާބަލާއިރު ސްލިމް އައިނެކެވެ. މިފަހަރުގެ ގެޒެޓުން ފޮޓޯނެގޭނީ އެޗްޑީކޮށެވެ. ކުރީ އައިނަށްވުރެ ފާސްޓްކޮށް ފޮޓޯއާއި ވީޑިއޯ ސްނެޕް ޗެޓަށް ޓްރާންސްފާ ކޮށްދޭނެއެވެ.

ސްނެޕްޗެޓުގެ އެންމެ ފުރަތަމަ ސްޕެކްޓެކްސްލް ލޯންޗު ކުރުމަށްފަހު ވިއްކީ އެންމެ 150000 އައިނެވެ. މިފަހަރުގެ އުފެއްދުމަކީ ކޮލެޓީ ރަނގަޅު، ކަސްޓަމަރުންނަށް ކަމުދާނެ ޕްރޮޑަކްޓަކަށް ވާނެ ކަމުގެ ޔަގީންކަން ސްނެޕުން ދެއެވެ.

ސްޕެކްޓެކްލްސްގެ ދެވަނަ ވާޝަންގެ އަގު އުޅެނީ 149.99 ޑޮލަރުގައެވެ. މިއީ މީގެ ފުރަތަމަ އުފެއްދުމާ އަޅާބަލާއިރު 20 ޑޮލަރު ބޮޑު އަގެކެވެ.

މި އައިނުން ފޮޓޯ ނެގުމަށް އައިނުގެ ވާތްފަރާތުގައި އިންނަ ބަޓަންއަކަށް އޮބާލުމުން ފޮޓޯ/ވީޑިއޯ ނެގޭނެއެވެ.