01 Sep 2011, 14:01
ޕްރެމިއާ ލީގުގެ ޓްރާންސްފާ ގެ ދޮރު ބަންދުވުމަށް އިއްޔެ 24 ގަޑިއިރަށްވުރެ ކުރު ވެފައިވަނިކޮށް ވެސްޓް ހާމްގެ ސްކޮޓް ޕާކާ ޓޮޓެންހަމް ހޮޓްސްޕާ އާއި ގުޅިފައިވާކަން ދެ ކުލަބުން ވެސް ކަށަވަރު ކޮށްދީފި އެވެ.
"ވެސްޓް ހޭމް އިން ދާއިމީ ގޮތެއްގައި ޓޮޓެންހަމްއާއި ގުޅިފައިވާކަން އުފަލާއެކު އިޢުލާންކުރަން. ދެ ކުލަބުން ވަނީ އެއްބަސްވުމަކާއި ހަމައަށް އާދެވިފަ." ޓޮޓެންހަމްގެ ރަސްމީ ވެބްސައިޓުގައިވާ ބަޔާނެއްގައި ވެއެވެ.
ކުރިން ނިއުކާސަލް، ޗެލްސީ އަދި ޗާލްޓަން އަށް ކުޅެފައިވާ މިޑްފީލްޑަރު ޕާކާ ޓޮޓެންހަމްގެ ކުޅުންތެރިންނާއި ގުޅޭނީ ޔޫރޯ 2012 ގެ ކޮލިފައިންގައި ވޭލްސްއާ ދެކޮޅަށް އިނގިރޭސި ވިލާތު ނުކުންނަ މެޗަށް ފަހުއެވެ. ޕްރެމިއާ ލީގުން ޗެމްޕިއަންސް ލީގަށް ވެއްޓުނު ވެސްޓް ހޭމްގައި ހުރުމަށްވުރެ އިނގިރޭ ގައުމީ ޓީމުން ޖާގަ ލިބޭނީ ޓޮޓެންހަމްގައި ހުރުމުންކަމަށް ޕާކާ ގަބޫލުކުރެއެވެ.
"އިނިގިރޭސި ގައުމީ ޓީމަށް ކުޅެން ބޭނުންނަމަ ޕްރެމިއާ ލީގު ޓީމަކަށް ކުޅެން ޖެހޭނެ. އަހަރެން މިނިންމި ނިންމުން ސަޕޯޓަރުން ވެސް ގަބޫލު ކުރާނެކަމަށް އުންމީދުކުރަން. ވެސްޓް ހާމް ޕްރެމިއާ ލީގަށް ޕްރޮމޯޓުވެ އެކުލަބަށް ކާމިޔާބަށް އެދެން." ޕާކާ ބުންޏެވެ.
"ވެސްޓް ހާމްއަށް ކުޅުމަށްފަހު ކުލަބު ދޫކޮށް ޕާކާ ވަނީ ޓޮޓެންހަމްއާ ގުޅިފައި. މެނޭޖްމަންޓުންނާއި ކުލަބުގެ ބޯޑުގެ ފަރާތުން ޕާކާއަށް ޝުކުރުވެރިވެ ކެރިޔަރުގައި ކާމިޔާބީއަށް އެދެން." ވެސްޓް ހާމްގެ ރަސްމީ ވެބްސައިޓުގައިވާ ބަޔާނުގައި ވެއެވެ.