27 Apr 2018, 17:52
އިނގިރޭސި ވަލީއަހުދު ޕްރިންސް ވިލިއަމް ޗާލްސްއާއި އަނބިކަނބަލުން ކޭޓް މިޑިލްޓަންގެ ދަރިކަލަށް ނަން ކިޔައިފިއެވެ.
ލުއީ އޯތާ ޗާލްސްގެ ނަމުން ދަރިކަލަށް ނަންދީފައިވާ ކަމަށް މިއަދު ވަނީ އިއުލާންކޮށްފައެވެ. ދަރިފުޅު އުފަންވިއިރު ބަރުދަނުގައި 3.8 ކިލޯ ހުރިކަމަށް ޝާހީ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ލުއީގެ އިތުރުން ޕްރިންސް ވިލިއަމްއާއި އަނބިކަނބަލުން ކޭޓްގެ މިހާރު ތިއްބަވަނީ ޖޯޖް ކިޔާ ހަތަރު އަހަރުގެ ދަރިކަލަކާއި ޗާލޮޓް ކިޔާ ދެ އަހަރުގެ ދަރިކަނބަލެކެވެ.

ޕްރިންސް ވިލިއަމްއާއި ޕްރިންސް ޖޯޖްގެ ފުރިހަމަ ނަންފުޅުގައި ވެސް ލުއީ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިނގިރޭސިވިލާތުގެ ތަހުުތު ފަސްވަނައަށް ވާރުތަކުރައްވާނީ ލުއީއަށެވެ.