26 Apr 2018, 11:55
ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށް ކަމަށް ބުނެ، އާންމުން ފަރާތްތަކަށް ގިނަ ފޯނުކޯލުތަކެއް ލިބެމުން ދާކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މިނިސްޓްރީއާއި އެ މިނިސްޓްރީގެ މަރުކަޒުތައް ކަމުގައިވާ ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގެ ފަރާތުން އެހީ ހޯދުމުގެ އެއްވެސް ހަރަކާތެއް ފޯނު މެދުވެރިކޮށް ނުވަތަ މުއާސަލާތީ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކުރިއަށް ނުގެންދާ ކަމަށެވެ.
ފޯނު ކޯލާއި އެސްއެމްއެސްއާއި އީމެއިލް އަދި މި ނޫން ވެސް މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށް އެފަދަ ހަރަކާތެއް އެއްވެސް ފަރާތަކުން އެ މިނިސްޓްރީގެ ނަމުގައި ހިންގާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ އެކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަންބަރު 3322111އާ ގުޅުއްވައި ހިއްސާކުރެއްވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.