26 Apr 2018, 12:17
އަންނަ މެއި މަހުގެ 18 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ ފިލްމު "ޑެޑްޕޫލް 2"ގެ ޓިކެޓް މާދަމާއިން ފެށިގެން ބުކް ކުރެވޭނެ ކަމަށް ޝްވެކް ސިނަމާ އިން ބުނެފިއެވެ.
ޑޭވިޑް ލީޗް ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގެ ބައެއް ކާސްޓުންގެ ތެރޭގައި ޖޯޝް ބްރޮލިން، ރަޔަން ރޭނޮލްޑްސް، ޒަޒީ ބީޓްސް، ޖެކް ކެސީ ހިމެނޭނެއެވެ.
ވިހި ވަނަ ސެންޗަރީ ފޮކްސްގެ އިތުރުން ތިން ކުންފުންޏަކުން ގުޅިގެން އުފައްދާ އެ ފިލްމަކީ ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެކެވެ.
ޝްވެކް ސިނަމާއިން ބުނީ މާދަމާ އެ ފިލްމުގެ ޓިކެޓް ބުކް ކުރުން ހުޅުވާލާނެ ކަމަށާއި އަދި ފިލްމު ރިލީޒްކުރުމުގެ ތިން ދުވަސްކުރިން "ފޭން ސްކްރީނިންގް" ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ޑެޑްޕޫލް 2" އަކީ އެމެރިކަން ސުޕަހީރޯ ފިލްމެކެވެ. އެ ފިލްމަކީ 2016 ވަނަ އަހަރު ނުކުތް "ޑެޑްޕޫލް"ގެ ސީކުއަލް އެކެވެ.