26 Apr 2018, 09:23
ކަރީނާ ކަޕޫރު ޚާން އަދި ސޯނަމް ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު 'ވީރޭ ދީ ވެޑިން'ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
ހަތަރު ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭ އެ ފިލްމަކީ އެކްތާ ކަޕޫރު އަދި ރިއާ ކަޕޫރު ގުޅިގެން އުފައްދާ ފިލްމެކެވެ.
އެ ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ މެއި މަހުގައެވެ. ނަމަވެސް ފިލްމު ވަނީ ޖޫން މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފައެވެ.
ކަރީނާ އާއި ސޯނަމްގެ އިތުރުން، ސްވަރާ ބާސްކަރް އަދި ޝިކާ ޓަލްސާނިއާ ވެސް ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.
ޝެޝާންކް ގޯޝް ޑައިރެކްޓު ކޮށްފައިވާ ފިލްމުގެ ސްކްރިޕްޓު ލިޔެފައި ވަނީ މެހުލް ސޫރީ އަދި ނިދީ މެހެރާއެވެ.
'ވީރޭ ދި ވެޑިން" އަކީ ހަތަރު އެކުވެރިންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.
އެ ފިލްމަކީ ކަރީނާ ކަޕޫރު ވިހެއުމަށްފަހު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމުވެސް މެއެވެ.