26 Apr 2018, 09:17
ދެހާސް ސާދަ ވަނަ އަހަރު ރިލީޒްކުރި ފިލްމު "މަރްދާނީ"ގެ ދެވަނަ ބައެއް ހަދަން ބޭނުންވާ ކަމަށް ބޮލީވުޑްގެ ކާމިޔާބު ބަތަލާ ރާނީ މުކަރްޖީ ބުނެފިއެވެ.
"ހިޗްކީ"ގެ ކާމިޔާބަށް ފަހު ރާނީ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބޭނުންވަނީ މާ ލަސް ނުކޮށް އެހެން ފިލްމެއްގެ މަސައްކަތެއް ފެށުމަށް ކަމަށެވެ. މި ވަގުތު އެއްވެސް ފިލްމެއްގެ މަސައްކަތެއް ނެތް، ނަމަވެސް ޝައުގުވެރިކަން ހުރީ "މަރްދާނީ"ގެ ދެވަނަ ބައެއް ކުޅުމަށެވެ.
"ފިލްމު އޮފާސް އެބަ ލިބޭ. ލޯބީގެ ފިލްމެއް ބާވައޭ. ނޫނީ މަރްދާނީގެ ފިލްމެއް ބާވައޭ. ނުނިންމިފައި މިހުރީ އަދި ކުޅޭނެ ފިލްމެއް،" އޭނާ ބުންޏެވެ.
ޔާޝް ރާޖް ފިލްމްސް އިން ގެނެސްދިން އެ ފިލްމުގައި ރާނީ ފެނިގެންދިޔައީ ވަރަށް ވަރުގަދަ އަންހެން ޝަހްސިއްޔަތެއްގެ ރޯލުންނެވެ. އެ ފިލްމުގައި ފުލުހެއްގެ ރޯލުން ރާނީ ފެނިގެންދިޔައިރު ރާނީ ބުނީ "އަސްލު ކުޅެން ބޭނުންވަނީ ވަރަށް ވަރުގަދަ އަންހެން ލީޑެއް" ކަމަށެވެ.