#LIVE AFC Cup 2018 (Full Time): New Radiant 2-0 Bengaluru
#LIVE AFC Cup 2018 (Full Time): New Radiant 2-0 Bengaluru

Last Updated:
8 year 7 month ago

އޭއެފްސީ ކަޕް (ފުރިހަމަ ވަގުތު): ނިއު 2-0 ބެންގަލޫރު

    ބުލޮގު ޚުލާސާ

    އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

    ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅޭ މެޗަށް ދެ ޓީމު ނުކުންނައިރު:

    • ބެންގަލޫރު ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ހޯދި ނުވަ ޕޮއިންޓާއެކު އެޓީމު އޮތީ ގްރޫޕްގެ އެއްވަނައިގައި.

    • ނިއު ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު އޮތީ ދެވަނައިގައި. ނިއު ބަލިވެފައިވަނީ ހަމައެކަނި އިންޑިއާގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުން. އެ މެޗުގައި ބެންގަލޫރުން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗު ނިމެނިކޮށް.
    • ގްރޫޕްގެ އެއްވަނަ ހޯދައި، ދެވަނަ ބުރުން ޖާގަ ހޯދުމަށް ދެ ޓީމަށްވެސް މިއަދުގެ މަޗަކީ ވަރަށް މުހިންމު މެޗެއް. ނިއުއިން އެއް މެޗުން ބަލިވެފައި އޮތުމުން މިއަދުގެ މެޗުން ތިން ޕޮއިންޓް ހޯދުމަށް އެޓީމަށް އިތުރަށް މުހިންމުވާނެ.
    17:50

    މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ފުރިހަމަ ވަގުތު ހަމަވިއިރު، 2-0ގެ ނަތީޖާއަކުން ކުރީގައި އޮތީ ނިއު ރޭޑިއަންޓް.

    17:49

    '+90- ނިއުއިން ބަދަލެއް. ދަގަނޑޭގެ ބަދަލުގައި ކުޅެން ނުކުތީ ބިދޭސީ ފޯވަޑް ގުއިލެމް މާޓީ.

    17:48

    '90- ސެންޓޭއަށް އަނެއްކާވެސް ފުރުސަތެއް.ބެންގަލޫރު ޕެނަލްޓީ އޭރިއާ ތެރެއިން ކީޕަރު މާވިއާ ބޯ މަތިން ފޮނުވާލި ހަމަލާ، އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް.

    17:47

    '90- ސެންޓޭއަށް އިތުރު ފުރުސަތެއް.ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސެންޓޭ ފޮނުވާލި ހަމަލާ، ކީޕަރު މާވިއާ ވަނީ ދިފާއުކޮށްފައި.

    17:44

    '83- ނިއުއަށް އިތުރު ފުރުސަތެއް.ސެންޓޭއަށް ލިބުނު ބޯޅަ ހިފައިގެން ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

    17:37

    '79- ނިއުއަށް ހުސް ފުރުސަތެއް.ސެންޓޭއަށް ލިބުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކީޕަރު މާވިއާ. ސެންޓޭ މަސައްކަތްކުރީ ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަން.

    17:34

    '78- ބެންގަލޫރުން ބަދަލެއް. ސެމްބޮއީގެ ބަދަލުގައި ކުޅެން ނުކުތީ ލާލްލިމްޕުއިއާ ޑެނިއެލް.

    17:32

    މިއަދުގެ މެޗު ބެލުމަށް ދަނޑަށް ވަދެފައިވާ ސަޕޯޓަރުންގެ އަދަދު: 3112

    17:30

    '74- ޗެތުރީއަށް ނިއުގެ ގޯލަށް ނުރައްކާކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާގައި ބާރެއް ނެތުމުން ކީޕަރު އިމްރާން ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދާފައި.

    17:27

    '71- ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ބޭރުން ރިލޭ ފޮނުވާލި ބާރު ހަމަލާ، ކީޕަރު މާވިއާ ދިފާއުކޮށްފި.

    17:25

    67' ނިއުއަށް ފުރުސަތެއް.ދަގަނޑޭ ދިން ރީތި ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އަކޫ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބެންގަލޫރުގެ ކީޕަރު މާވިއާ.

    17:22

    '65- ބެންގަލޫރަށް ފުރުސަތެއް.ބެންގަލޫރުން ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ކީޕަރު އިމްރާން ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން އުދަންތާ ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ. ކީޕަރު އިމްރާން ކުރިއަށް ނުކުމެ، ހުރުމާއެކު އޭރު ގޯލު އޮތީ ވަރަށް ހުސްކޮށް.

    17:18

    '61- ނިއުއަށް ފުރުސަތެއް.ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ވަނުމަށްފަހު ސެންޓޭ ފޮނުވާލި ހަމަލާ، ކީޕަރު މާވިއާ ވަނީ ދިފާއުކޮށްފައި.

    17:14

    '58- ދަގަނޑޭ ކޮށްޕާލުމުން ބެންގަލޫރުގެ ކީޕަރު މާވިއާއަށް ރީނދޫ ކާޑެއް ދައްކައިފި.

    17:09

    '52- ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއަށް އުދަންތާ ނަގައިދިން ނުރައްކާތެރި ހުރަސް، އަކޫ ދިފާއުކޮށްފި.

    17:06

    '48- ނިއުގެ ޕެނަލްޓީ އޭރިއާ ބޭރުން ޗެތުރީ ފޮނުވާލި ހަމަލާ، ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

    17:05

    ދެވަނަ ހާފަށް ބެންގަލޫރު ނުކުތީ އެޓީމުގެ މެދުތެރެއަށް ދެ ބަދަލެއް ގެނެސްގެން.

    17:04

    ދަގަނޑޭ އެ ލަނޑު ކާމިޔާބުކުރީ ވަރަށް ހުސް ފުރުސަތެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން.

    އޭއެފްސީ ކަޕް 2018: ބެންގަލޫރު ކޮޅަށް ލަނޑު ޖެހުމަށް ފަހު ދަގަނޑޭ ނިއުގެ ކުޅުންތެރީންނާއެކު އުފާފާޅުކުރަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

    17:03

    '47- ނިއުއިން އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފި.ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ).

    17:02

    '46- ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސެންޓޭ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ކީޕަރު މާވިއާ، އެ ބޯޅަ ހޯދައިފި.

    17:01

    ދެވަނަ ހާފް ފަށައިފި.

    16:46

    "45+1-ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.

    16:45

    "45- ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނިޓް ދައްކައިފި.

    16:42

    "42- ބެންގަލޫރު ޕެނަލްޓީ އޭރިޔާ ތެރޭން ސެންޓޭ ވަރަށް ރީތިކޮށް ހަމްޕުއަށް ދިންބޯޅަ ހަމްޕު ވަރަށް ރީތިކޮށް ގޯލަށް ފޮނުވާލި. އެހެން ނަމަވެސް ބެންގަލޫރު ކީޕަރު ލާލްތުއަމާވިއާ ރަލްޓޭ ބޯޅަ މަތަކުރީ.

    އޭއެފްސީ ކަޕް 2018: ނިއުރޭޑިއަންޓާއި ބެންގަލޫރު އެފްސީ ބައްދަލުރާ މެޗުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

    16:40

    "40 - ދަގަނޑޭއަށް ފަރުވާ ދިނުމަށް ފަހު ކުޅުން އަލުން ފަށައިފި.

    16:39

    "38- ނިއުގެ ކެޕްޓަން އަލީ އަޝްފާގަށް އަނިޔާވުމުގެ ސަބަބުން އޭނާއަށް ފަރުވާ ދިނުމަށް ކުޅުން މެދު ކެނޑިފައި.

    16:38

    "37- ސެންޓޭއަށް ބެންގަލޫރު ޕެނަލްޓީ އޭރިޔާ ތެރޭން ލިބުނު ބޯޅަ، ވަރަށް ބާރަށް ގޯލަށް ފޮނުވާލި ނަމަވެސް ބޯޅަ އަމާޒުވީ، ގޯލްގެ އަރިމަތީ ދާގަނޑަށް.

    އޭއެފްސީ ކަޕް 2018: ނިއުރޭޑިއަންޓާއި ބެންގަލޫރު އެފްސީ ބައްދަލުރާ މެޗުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

    16:36

    "36- ބެންގަލޫރަށް ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް. ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ޗެތުރީއަށް ލިބުނު ބޯޅަ ވަރަށް ރީތިކޮށް ކީޕަރު އިންމަގެ ފައިގަ ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް ގޯލްގެ ލައިން މަތިން ނިއުުގެ ޑިފެންސް ކުޅުންތެރީން ދިފާއުކުރީ.

    16:34

    "33- ބެންގަލޫރު ކުޅުންތެރިއަކަށް ފައުލުކުރުމާ ގުޅިގެން ނިއުގެ އަކޫއަށް ރީނދޫ ކާޑެއް ދައްކައިފި.

    16:29

    ދަގަނޑޭ ދިން ރީތި ބޯޅައެއް ހިފައިގެން ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސެންޓޭ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލާފައި.

    16:29

    '29- ނިއުއިން ލީޑު ހޯދައިފި.ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭ.

    އޭއެފްސީ ކަޕް 2018: ނިއުރޭޑިއަންޓާއި ބެންގަލޫރު އެފްސީ ބައްދަލުރާ މެޗުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

    16:24މުޙައްމަދު ޝަމްޢޫންގައުމީ ފުޓްބޯޅަ ދަނޑު

    އިންޑިއާގައި ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންގަލޫރުގެ ކޯޗު އަލްބާޓް ރޮކާ ބެންޗުން ފޮނުވާލާފައިވުމުން، މިއަދުގެ މެޗުގައި ވެސް އޭނާއަށް ވަނީ ބެންޗުގައި އިނުމުގެ ފުރުސަތު ގެއްލިފައި.

    16:23

    '23- ބެންގަލޫރުގެ ޕެނަލްޓީ އޭރިއާގެ އަރިމަތިން ހަމްޕު ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި.

    16:19

    '19- ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއަށް އުދަންތާ ނަގައިދިން ނުރައްކާތެރި ހުރަސް، ނިއުގެ ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ ދިފާއުކޮށްފި.

    16:17

    '17- ދަގަނޑޭއަށް ހަމްޕު ރަނގަޅު ބޯޅައެއް ދިން ނަމަވެސް، ބެންގަލޫރުގެ ޑިފެންޑަރު ހުއާން ވަނީ އެ ބޯޅަ ހޯދާފައި.

    އޭއެފްސީ ކަޕް 2018: ނިއުރޭޑިއަންޓާއި ބެންގަލޫރު އެފްސީ ބައްދަލުރާ މެޗުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

    16:11މުޙައްމަދު ޝަމްޢޫންގައުމީ ފުޓްބޯޅަ ދަނޑު

    ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ އެބަތިބި.

    16:10

    '10- ނިއުއަށް ފުރުސަތެއް.އެރިކްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ދަގަނޑޭ ފޮނުވާލި ހަމަލާ، ގޯލާ އަމާޒެއް ނުވޭ.

    16:06

    '6- ނިއުގެ ހަމަލާއެއް.ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ބޭރުން ނިއުގެ ކެޕްޓަން ދަގަނޑޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

    16:02

    '2- ބޯޅަ ހިފައިގެން ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ސެންޓޭ ވަން ނަމަވެސް، އޭނާއަށް ގޯލަށް ނުރައްކާ ކުރެވޭގޮތެއް ނުވި.

    އޭއެފްސީ ކަޕް 2018: ނިއުރޭޑިއަންޓާއި ބެންގަލޫރު އެފްސީ ބައްދަލުރާ މެޗުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

    16:00

    މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބެންގަލޫރުން.

    15:55

    ބެންގަލޫރުގެ ފުރަތަމަ 11:

    • ލާލްތުއަމާވިއާ ރަލްޓޭ – ގޯލްކީޕަރު

    • ރާހޫލް ބެކޭ
    • ހުއާން އެންޓޯނިއޯ
    • ލެނީ ރޮޑްރިގޭޒް
    • ސުނިލް ޗެތުރީ – ކެޕްޓަން
    • ސުބާޝިޝް ބޯސް
    • އެރިކް ޕާޓަލޫ
    • ހައޮކިޕް ތޮންގްކޮސިއެމް
    • އުދަންތަ ސިންގް ކުމާމް
    • ނިޝޫ ކުމާރް
    • ވިކްޓާ ޕެރޭޒް އަލޮންސޯ
    15:54

    ނިއުގެ ފުރަތަމަ 11:

    • އިމްރާން މުހައްމަދު – ގޯލްކީޕަރު

    • ހާރޫން އަމީރީ
    • ހަމްޒާ މުހައްމަދު (ހަމްޕު)
    • ކަންޑޭލާ
    • އަލީ އަޝްފާގު (ދަގަނޑޭ) – ކެޕްޓަން
    • ރިލްވާން ވަހީދު (ރިލޭ)
    • އަލީ ފާސިރު (ސެންޓޭ)
    • އަކްރަމް އަބްދުލްޤަނީ (އަކޫ)
    • މުހައްމަދު ރަޝީދު (ހޮކޭ)
    • ރިހާމް އަބްދުލްޤަނީ (ބޮބީ)
    • މުހައްމަދު އުމައިރު