01 Sep 2011, 11:56
ދެ މަސް ދުވަހުގެ މެދު ކެނޑުމަކަށްފަހު ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރަށް ޓީމް ނެރޭނީ އިތުރު ހަރުފަތަކަށް ޖެހިލައި ތާވަލުގެ ދެ ވަނަ މަގާމް ދިފާއު ކުރުމުގެ ވަރުގަދަ އަޒުމުގައި ކަމަށް ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް، )މޯހަން( ބުނެފި އެވެ.
ތިން ވަނަ ބުރުގެ ކުޅުން އަންނަ ހަފުތާ ފަށާއިރު، މި ބުރުގެ ފުރަތަމަ މެޗްގައި ނިއު ބައްދަލުކުރަން ޖެހެނީ، ދެ ވަނަ ބުރު ނިންމާލި އިރު، 14 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނާގައި އޮތް އީގަލްސްއާ ދެކޮޅަށެވެ. މި މެޗް ކުޅޭނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު އެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު 2-0 އިން ކާމިޔާބުކުރީ އީގަލްސް އެވެ. ދެ ވަނަ ބުރުގައި ނިއު ވަނީ އީގަލްސް ކޮޅަށް ހަތް ލަނޑު ޖަހައި މޮޅުވެފަ އެވެ.
މޯހަން ބުނީ، ތިން ވަނަ ބުރަށް ތައްޔާރު ވުމުގެ ގޮތުން މިހާރު ވެސް ޓީމްގެ ފަރިތަކުރަމުން އަންނަ ކަމަށެވެ. ކުޅެން ނުފެށި ލަސްވިޔަސް، ޓީމްގެ ފެންވަރަށް ބޮޑު ބަދަލުތަކެއް އައިސްފައި ނުވާނެ ކަމަށާއި ޖުމްލަކޮށް ޓީމްގެ ކުޅުން ރަނގަޅުކަމަށް ވެސް މޯހަން ބުންޏެވެ.
އަށް ޓީމް ވާދަކޮށް، ދެ ވަނަ ބުރުގެ ކުޅުން ނިންމާލި އިރު، ތިން ވަނަ ބުރަށް ދަތުރު ކުރީ ހަ ޓީމެވެ. ތިން ވަނަ ބުރަށް ނުގޮސް މުބާރާތުން ކެޓީ ވިޔެންސާއާ އޭވައިއެލް އެވެ.
ލީގުގެ ދެ ވަނަ ބުރު ނިއްމާލި އިރު 14 މެޗް ކުޅެ 35 ޕޮއިންޓާއެކު ވީބީ ތާވަލްގެ އެއްވަނާގައި އުޅޭ އިރު، ވިކްޓަރީ އުޅެނީ 30 ޕޮއންޓާއެކު ދެ ވަނާގަ އެވެ. އަދި ތިން ވަނާގައި 24 ޕޮއިންޓާ އެކު ނިއު އޮތީ ޕޮއިންޓުގެ ގޮތުން މާޒިޔާއާ އެއްވަރުވެ ގޯލުގެ ތަފާތުންނެވެ.