25 Apr 2018, 13:49
އެމެރިކާގެ ސިޓީ އެއް ކަމަށްވާ އޭޑްރިއަންގެ ހައި ސްކޫލުތަކުން ބޭއްވި ގޮލްފް މުބާރާތުގެ މެޗެއް ކުޅުމަށް ދަނިކޮށް ކުޅުންތެރިޔަކަށް ރޭރު (ގޫސް) އެއް ހަމަލާދީފި އެވެ.
މިދިޔަ ހަފްތާގައި އެ ހާދިސާ ހިނގާފައި ވަނީ މެޗު ނިންމާލުމަށް ފަހު ރޭރު ކައިރިން ހިނގާފައި ދިޔަ މީހަކަށް ކަމަށާއި ގޫސް އޭނާ އަށް ހަމަލާ ދޭން ގޮސްފައި ވަނީ ކުއްލިއަކަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކުޅުންތެރިޔާ އަށް ރޭރު ހަމަލާ ދެނީ---
"މެޗަށް ދަނިކޮށް އޭތި ކައިރިން ހިނގާލާފަ ދިޔައީ. އެ ދޫންޏާ އަހަރެންނާ ދެމެދު ވެސް ހުރި ދުރުމިނެއް. އެވަރު ބަލައިގެން އަހަރެން ދިޔައީ ވެސް. އެކަމަކު އޭތި އައިސް އަހަރެންނަށް އެޓޭކް ކުރީ،" އެ ކުޅުންތެރިޔާ ބުންޏެވެ.

ކުޅުންތެރިޔާ އަށް ރޭރު ހަމަލާ ދެނީ---
ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި އެ ކުޅުންތެރިޔާ އަދި ރޭރަށް އެއްވެސް ކަހަލަ އަނިޔާ އެއް ލިބިފައި ނުވެ އެވެ.