އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އެކައުންޓްތަކުގެ ތަފްސީލީ މައުލޫމާތު އެކައުންޓުގެ ވެރިފަރާތަށް ދޭން އިންސްޓަގްރާމުން ނިންމައިފިއެވެ.

މަގުބޫލު ފޮޓޯ ށެއަރިން ޕްލެޓްފޯމު އިންސްޓަގްރާމު ބޭނުންކުރާ މީހުންގެ އީމެއިލް އެޑްރެސް ސަބްލިސްޓު ކުރުމުން އެމީހުން މިހާތަނަށް ޕޯސްޓްކޮށްފައި ހުރި ފޮޓޯތަކާއި އެ ފޮޓޯތަކަށް ލިބިފައިހުރި ކޮމެންޓްތައް އަދި ޕްރޮފައިލްއާ ގުޅޭ އިތުރު މައުލޫމާތުތައްވެސް ފޯރުކޮށްދޭނެއެވެ.

މި ހުރިހާ ޑޭޓާއެއް އެއްކޮށް ޔޫޒަރަށް ފޯރުކޮށްދޭން 48 ގަޑިއިރު ނަގާނެ ކަމަށް އިންސްޓަގްރާމުން ބުނެއެވެ.

މި އޮޕްޝަން މިހާރު ލިބެނީ ހަމައެކަނި ވެބް ބްރައުޒާ އިންނެވެ. ކުރިއަށް އޮތްތަނުގައި އެންޑްރޮއިޑް އަދި އައިއޯއެސް އަށްވެސް މި އޮޕްޝަން ލިބޭނެއެވެ.