25 Apr 2018, 09:09
މޫނުމަތި ރީތިކޮށް ބެހެއްޓުމަށް އެތައް ކްރީމެއް އުނގުޅައި ގިނަ އުފެއްދުންތަކެއް މޫނުގައި ބޭނުން ކުރެއެވެ. ގިނަ ފަހަރު މި ހުރިހާ ކަމެއް ކުރުމުންވެސް އެންމެ އެދެވޭ ނަތީޖާއެއް ނުނިކުމެއެވެ.
އެނގޭހެއްޔެވެ؟ ކުޑަ މަސައްކަތަކުން މޫނުގެ ހަންގަނޑު ތާޒާކޮށް އޮމާންކޮށްދޭނެއެވެ.
މާގިނައިން މޫނު ނުދޮވޭ:ފާޚާނާއަށް ވަންނަ ކޮންމެ ފަހަރަކު ނޫނީ ކޮންމެހެންވެސް މޫނު ދޮންނަން ޖެހިގެން ފާޚާނާއަށް ވަންނަ ވަނުން ދޫކޮށްލާށެވެ. މާގިނައިން މޫނު ދޮވުމަކީ މޫނުގައި ހުންނަ ގުދުރަތީ ތެތްކަމާއި ތެޔޮކަން ފިލައި، މޫނުގެ ހަންގަނޑަށް ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ. މާ ބާރުގަދަ ނޫން ކްލީންސާއެއް ބޭނުންކޮށްގެން ނިދުމުގެ ކުރިން މޫނު ސާފުކޮށްލާށެވެ. މޫނު ދޮންނާނީ ހެނދުނު ހޭލާފައި އަދި މޭކަޕް ފިލުވާލުމަށް އެކަންޏެވެ.
ޕްރައިމާ އުނގުޅާ:މޫނުމަތީގައި ރަނގަޅު ޕްރައިމާއެއް އުނގުޅުމަކީ މޫނުގެ ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ.
ހަނީ އެންޑް ބްރައުންޝުގާ ސްކްރަބް:ބްރައުން ޝުގާއާއި މާމުއި އެއްކޮށްގެން މޫނު ސްކްރަބް ކުރާށެވެ. މާމުގައިގައި އެކުލެވޭ މައްދާތަކުގެ ސަބަބުން މޫނުގެ ހަންގަނޑަށް އުޖާލާކަންވެސް އަންނާނެއެވެ.
ފައިދާހުރި ކާނާ: ހަށިގަނޑަށް ފައިދާހުރި ކާއެއްޗެހި ކެއުމަކީ ހަށިގަނޑަށް ބަލައިގެން އުޅޭ ފަރާތްތަކުން ކޮންމެހެން ސަމާލުކަންދޭންޖެހޭ ކަމެކެވެ. ލޫޅާފަތި ހަށިގަނޑަކަށް އަދި ގައިގެ ހަންގަނޑަށް ވެސް އެންމެ ފައިދާހުރި ކާނާ ކާށެވެ. ތަރުކާރީ، މޭވާ އަދި ނަޓްސްގެ ބާވަތްތައް ބޭނުންކޮށް ތެޔޮ ބޭނުންކުރުން މަދުކުރާށެވެ.