އެންތަނީ ރުސޯ އަދި ޖޯއީ ރުސޯ ޑައިރެކްޓްކޮށް އުފައްދާ ފިލްމު "އެވެންޖާސް އިންފިނިޓީ ވޯ" މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މާވެލް ސްޓޫޑިއޯ އާއި ވޯލްޓް ޑިޒްނީ މޯޝަން ޕިކްޗާސް ގުޅިގެން ގެނެސްދޭ އެ ފިލްމަކީ އެމެރިކަން ސުޕަހީރޯ ފިލްމެކެވެ.

ފިލްމުގައި ހިމެނޭ ބައެއް ތަރިންގެ ތެރޭގައި ރޮބާޓް ޑައުނީ ޖޫނިއާ، ކްރިސް ޕްރެތް، ސްކާލެޓް ޖޯންސަން، ޓޮމް ހޮލެންޑް އަދި އެލިޒަބެތު އޮލިސަން ފާހަގަކޮށްލެވެއެވެ.

ތިންސަތޭކަ އާއި 400 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ބަޖެޓަކުން އުފައްދާފައިވާ އެ ފިލްމަކީ 2015 ވަނަ އަހަރު ނުކުތް "އެވެންޖާސް އޭޖް އޮފް އަލްޓްރަން"ގެ ސީކުއަލް އެކެވެ.

ހުކުރު ދުވަހުގެ ރޭ، މާލޭގެ ޝްވެކްގެ އިތުރުން ހުޅުމާލޭ ޝްވެކްގައި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.