މިދިޔަ އަހަރުގެ އޮކްޓޯބަރުން ޑިސެމްބަރުގެ ނިޔަލަށް އަށް މިލިއަނަށް ވުރެ ގިނަ ވީޑިއޯ ޑިލީޓްކޮށްފައިވާނެ ކަމަށް ވިސިއޯ ސްޓްރީމިން ޕްލެޓްފޯމު ޔޫޓިއުބް އިން ބުނެފި އެވެ.

ގޫގުލް އިން ހިންގާ ޔުޓިބް އިން ބުނީ ޑިލީޓުކުރި ގިނަ ވީޑިއޯތަކަކީ އެޑަލްޓް ކޮންޓެންޓް ނޫނީ ސްޕޭމްގެ ގޮތުގައި ޑިލީޓްކޮށްފައިވާ ވީޑިއޯ ކަމަށެވެ.

މިއީ ކޮމިއުނިޓީ ގައިޑްލައިން އަށް ތަބާވުމަށް ކުރި ކަމެކެވެ. ރިޕޮޓުތައް ބުނާ ގޮތުން ޑިލީޓުކުރި ވީޑިއޯތަކުގެ 76 ޕަސެންޓަކީ އެއްވެސް މީހަކު ނުބަލަނީސް ޑިލީޓްކޮށްފައިވާ ވީޑިއޯ އެވެ.

ޔޫޓިއުބް އިން ގިނަ ވިޑިއޯތަކެއް ޑިލީޓްކޮށްފައިވާ އިރު ސީއެންއެން އިންވެސްޓިގޭޝަން އިން ކުރި ތަހުގީގަކުން ދައްކާ ގޮތުން ޔޫޓިއުބްގައި އައިއެސްގެ ހައްދުފަހަނައަޅާފައިވާ ހަރަކާތްތަކާއި ނޯތުކޮރެއާގެ ޕްރޮޕެގެންޓާތައް ޕްރޮމޯޓުކުރާ ވީޑިއޯތައް ވެސް ގިނަ އަދަދަކަށް ހުރެ އެވެ.

ޔޫޓިއުބް ބޭނުންކުރާ ބިލިއަނަކަށް ވުރެ ގިނަ މީހުން އުޅޭއިރު ކޮންމެ ދުވަހަކު ބިލިއަން ގަޑިއިރުގެ ވީޑިއޯ ޔޫޓިއުބް އިން ސްޓްރީމް ކުރެ އެވެ. މިއީ ޔޫޓިއުބް ރެގިއުލޭޓު ކުރުމަށް އޮތް ހުރަހެއް ކަމަށް އެ ޕްލެޓްފޯމުން ބުނެ އެވެ.

ވަޔޮލޭޓް ކޮންޓެންޓަށް އެޑްރެސްކުރާނެ ހާހެއްހާ މުވައްޒަފުންނަށް ވަޒީފާދޭނެ ކަމަށް ގޫގުލް އިން ވަނީ ބުނެފަ އެވެ.