24 Apr 2018, 09:22
އީރާނުގެ ބެންކުތަކުންނާއި ރަސްމީ ވުޒާރާތަކުން ފައިސާގެ މުއާމަލާތްތަކުގައި ބިޓްކޮއިން ބޭނުންކުރުން އެގައުމުގެ ސެންޓްރަލް ބޭންކުން މަނާކޮށްފި އެވެ.
ބިޓްކޮއިންއަކީ ދުނިޔޭގެ ފުރަތަމަ ޑިޖިޓަލް ކަރަންސީ ނުވަތަ ފައިސާ އެވެ. ބިޓްކޮއިން ބޭނުންކުރަން ފަށާފައި ވަނީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. އީރާނުގައި ބިޓްކޮއިން މަނާކޮށްފައި ވަނީ އެއީ ކަޅު ފައިސާ ދޮވުމަށް އޮތް މަގެއް ކަމަށާއި ބިޓްކޮއިން ބޭނުންކޮށްގެން ޓެރަރިޒަމް އަށް ފަންޑުކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ އެވެ.
އީރާނުގައި ބިޓްކޮއިން މަނާކޮށްފައިވާ އިރު އެ ގައުމުގެ އަމިއްލަ ވާޗުއަލް ކަރަންސީއެއް ޑިވެލޮޕްކުރަން ވިސްނާ ކަމަށް އީރާނުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު ވަނީ ފެބްރުއަރީ މަހު ވިދާޅުވެފަ އެވެ.
ނަމަވެސް ވާޗުއަލް ކަރަންސީއެއް ބޭނުންކުރުމާ މެދު ސެންޓްރަލް ބޭނުންކުން ވަނީ ދެކޮޅުހަދައިފަ އެވެ.
އިންޑިއާގެ ފައިސާގެ މުއާމަލާތްތަކުގައި ބިޓްކޮއިންސް ބޭނުން ކުރުން ވެސް އެ ގައުމުގެ މަރުކަޒީ ބޭންކުން ވަނީ މަނާކޮށްފަ އެވެ.
ބިޓްކޮއިން އެއްގެ އަގު މިހާރު ހުރީ 8،000 ޑޮލަރަށް ވުރެ މަތީގަ އެވެ.