24 Apr 2018, 09:16
އިނގިރޭސި ވަލީއަހުދު ޕްރިންސް ވިލިއަމް ޗާލްސް އަދި އަނބިކަނބަލުން ކޭޓް މިޑިލްޓަންއަށް ފިރިހެން ދަރިކަލެއްް ލިބިވަޑައިގެންފިއެވެ.
އިނގިރޭސި ޝާހީ އާއިލާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ދަރިފުޅު ރައްކާވެވަޑައިގެންނެވިއިރު ބަރުދަނުގައި 3.8 ކިލޯ ހުރި ކަމަށާއި އަދި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ޕްރިންސް ވިލިއަމްސްގެ މިހާރު ތިއްބަވަނީ ޖޯޖް ކިޔާ ހަތަރު އަހަރުގެ ފިރިހެން ދަރިކަލަކާއި ޗާލޮޓް ކިޔާ ދެ އަހަރުގެ އަންހެން ދަރިކަނބަލެކެވެ.

ޕްރިންސް ވިލިއަމްއާއި ކޭޓް މިޑްލްޓަން، އެ ދެކަނބަލުންގެ ބޭފުޅުންނާއި އެކު --
ޕްރިންސްއަށް މިފަހަރު ލިބިވަޑައިގެންނެވި ދަރިފުޅު ވެގެންދާނީ އިނގިރޭސިވިލާތުގެ ތަހުުތު ފަސްވަނައަށް ވާރުތަކުރައްވާނެ ބޭފުޅާއެވެެ. އިނގިރޭސި ވިލާތުގައި ރަނިކަން މިހާރު ކުރައްވަމުން ގެންދަވަނީ ކްއީން އެލިޒަބަތެެވެެ. އެކަމަނާ އަވަހާރަވުމަށްފަހު ދެން ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑީ އެކަމަނާގެ ދޮށީ ދަރިކަލުން، އަދި ޕްރިންސް ވިލިއަމްގެ ބައްޕަ ޕްރިންސް ޗާލްސްއެވެ.

ޕްރިންސް ވިލިއަމްއާއި ކޭޓް މިޑްލްޓަން، އެ ދެކަނބަލުންގެ ބޭފުޅުންނާއި އެކު -- ފޮޓޯ: ކެންޒިންގޓަން ރޯޔަލް
ޕްރިންސް ވިލިއަމްސްއަށް ދަރިކަލަކު ލިބިވަޑައިގެންނެވިއިރު، އޭނާގެ ބޭބެ ޕްރިންސް ހެރީ އަންނަމަހު ކައިވެނިބައްލަވައިގަންނަވާނެކަން ޝާހީ އާއިލާއިން ވާނީ ކަށަވަރުކޮށްދީފައެވެ.