ބަތަލާ ކަރީނާ ކަޕޫރު އަދި ބަތަލު ސިދާތް މަލްހަތްރާ ފުރަތަމަ ފަހަރަށް ފިލްމަކުން ފެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ އެ ފިލްމަށް ކަރީނާ ވަނީ މިހާރު ސޮއިވެސްކޮށްފަ އެވެ. ފިލްމުގެ ނަމެއް އަދި ހާމަކޮށްފައިނުވާ އިރު ފިލްމާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ލޯބީގެ ކަންތައްތަކެއް ފެނިގެންދާ އެެ ފިލްމުގެ ޑައިރެކްޓަރަކީ ރާޖް މެހެތާ އެވެ.

ކަރީނާ އެންމެ އަވަހަށް ދެން ފެނިގެންދާނީ "ވީރޭ ދި ވެޑިން" އިންނެވެ. ސިދާތް އެންމެ ފަހުން ދަރްމާގެ ފިލްމެއް ކުޅެފައި ވަނީ 2016 ވަނަ އަހަރުގަ އެވެ. އެއީ "ބާރް ބާރް ދޭކޯ" އެވެ.

ބެލުންތެރިން ސަމާލުކަމަށް އެ ދެތަރިންނަށް މިހާރު ވަނީ ދަމައިގެންފަ އެވެ.