23 Apr 2018, 15:54
ޝްވެކް ސިނަމާގެ މޯބައިލް އެޕްލިކޭޝަން ތައާރަފުކޮށްފި އެވެ.
ގޫގުލް ޕްލޭ ސްޓޯރުގެ އިތުރުން އެޕަލްގެ އެޕް ސްޓޯރުން ވެސް މިހާރު އެ އެޕްލިކޭޝަން ޑައުންލޯޑްކުރެވޭނެއެވެ.
ޝްވެކް ސިނަމާއިން ބުނީ ޝްވެކް ސިނަމާގެ ވެބްސައިޓްގައި ހިމެނޭ ހުރިހާ ކަމެއް އެ އެޕްލިކޭޝަން މެދުވެރިކޮށް ކުރިވިގެންދާނެ ކަމަށެވެ. ސީޓް ބުކް ކުރުމާ އެކު ފިލްމުތަކުގެ ޝެޑިއުލްތައް ވެސް ފަސޭހަކަމާ އެކީ އެޕްލިކޭޝަނުން ފެނިގެންދާނެ ކަމަށް ވެސް ޝްވެކް ސިނަމާ އިން ބުންޏެވެ.

ހަމައެއާ އެކު ޝްވެކް ސިނަމާއިން ކުރިއަށް ދައްކަން ހުރި ފިލްމުތައް ވެސް އެ އެޕްލިކޭޝަންގެ ޒަރިއްޔާއިން ފެނިގެން ދާނެ ކަމަށް ވެސް ޝްވެކް އިން ބުންޏެވެ.
ޝްވެކް ސިނަމާގެއެ އެޕްލިކޭޝަންގެސަބަބުން ގިނަ ބަޔަކަށް ލުއި ފަސޭހަވެގެންދާނެ އެވެ.