22 Apr 2018, 09:09
އިންޑިއާގެ މުއްސަނދިން، ހާއްސަކޮށް މިލިއަނަރުން އެގައުމުގެ ރަށްވެރހިކަން ދޫކޮށްލާމިންވަރު އާދަޔާޚިލާފަށް އިތުރުވެފައިވާތީ، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުުކުރަން ފަށައިފިއެވެ.
ހަބަރުތައް ބުނާގޮތުން އިންޑިއާގެ މިލިއަނަރުންގެ ތެރެއިން 23000 މީހަކު ވަނީ ފާއިތުވި ހަތަރު އަހަރު ތެރޭ އެ ގައުމުގެ ރަށްވެހިކަން ދޫކޮށްލައިފައެވެ. ހަމައެކަނި ހުސްވި 2017 ވަނަ އަހަރުތެރޭގައި ރަށްވެހިކަން ދޫކޮށްލި މީހުންގެ އަދަދުވެސް 7000 އަށް އަރައެވެ.
މި ކަމާމެދު ކަންބޮޑުވުން ފާޅުކޮށް އިންޑިއާގެ ސެންޓްރަލް ބޯޑު އޮފް ޑައިރެކްޓް ޓެކްސްއިން މިދިޔަ މަހު ނެރުނު އިންޓާނަލް މެމޯ އެއްގައި ބުނެފައިވަނީ ގައުމުދޫކޮށް ހިޖުރަކުރާ މުއްސަނދިންގެ އަދަދު ގިނަވެފައިވާ ކަމަށާއި، މިއީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.
އިންޑިއާގެ ވިޔަފާރިވެރިންނާއި މުއްސަނދިން އެގައުމުގެ ރަށްވެހިކަން ދޫކޮށްލާ މައިގަނޑު ސަބަބަކީ އިންޑިއާގެ ޕާސްޕޯޓާއެކު ވޯކް ވިސާ ހޯދަން އުނދަގޫ ވުމެވެ. ވިޔަފާރި ކުރަން އެންމެ ފަސޭހަ ގައުމުތަކުގެ ލިސްޓުގައި އިންޑިއާއަށް ލިބެނީ 100 ވަނައެވެ.