ކުއަލަލަމްޕޫރު (އޭޕްރިލް 21): މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ފަލަސްތީނުގެ އިލްމުވެރިއެއްގެ ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ.

ކުއަލަލަމްޕޫރުގެ ފުލުހުން ބުނި ގޮތުގައި 35 އަހަރުގެ ފާދީ އަލް ބަތަޝްގެ ގަޔަށް ދެ މީހަކު ބަޑި ޖަހާފައި ވަނީ މިއަދު ފަތިސް ނަމާދަށް ދިޔަ މަގުމަތީގައެވެ. އަދި އޭނާއަށް ދިމާލަށް 10 ފަހަރު ބަޑި ޖެހި ކަމަށާއި ހަތަރު ވަޒަން އޭނާގެ ގަޔަށް އަރައި ވަގުތުން މަރުވި ކަމަށް ފުލުހުން ބުންޏެވެ.

ގާޒާގެ ވެރިކަން ކުރާ ހަމާސްއިން ވަނީ ބަތަޝްއަކީ އެޖަމިއްޔާގެ މެމްބަރެއް ކަމަށް ބުނެފައެވެ. އަދި އޭނާއަކީ "ހަކަތައިގެ ދާއިރާއަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ އަދި ގިނަ ބައެއްގެ އިހުތިރާމު ލިބިފައިވާ ސައިންޓިސްޓެއް" ކަމަށް ބުނެފައެވެ.

އަލް ބަތަޝްގެ އާއިލާއިން ވަނީ އޭނާގެ މަރުގެ ފަހަތުގައި ވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑް ކަމަށް ބުނެ އެހާދިސާ ތަހުގީގު ކުރަން މެލޭޝިއާގެ ސަރުކާރަށް ގޮވާލާފައެވެ.

މެލޭޝިއާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު އަންވަރު އަލް އަގްހާ ވަނީ ބަތަޝް ދިޔައީ އިމާމެއްގެ ގޮތުގައާއި އިންޖިނިއަރިން ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ކަމަށް ވިދާޅުވެފައެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އޭނާ މެލޭޝިއާގައި ދިރިއުޅޭތާ 10 އަހަރުވެއްޖެއެވެ.

(އަލްޖަޒީރާ)