21 Apr 2018, 06:17
މިއަހަރުގެ ރޯދަމަހަށް ޚާއްސަކޮށްގެން ސަން ޓީވީން ޤުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް ކުރިއަށް ގެންދަން ނިންމައި މި ދެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
ކުޑަކުދީންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ މި ދެ މުބާރާތުގައި ބައިވެރިވުމަށް ކުރިން ދީފައިވާ މުއްދަތަކީ، މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށެވެ.
ނަމަވެސް މި ހާރު މިވަނީ، އަންނަ ހޯމަ ދުވަސް (23 އޭޕްރީލް)ގެ ހަވީރު 4:00އާ ހަމައަށް މުއްދަތު އިތުރުކޮށްފައެވެ.
ސަން ޓިވީން މައުލޫމާތު ދިން ގޮތުގައި މި ދެ މުބާރާތުގައި ބައިވެރިވުމުގެ ގަވައިދާއި ފޯމު ސަން މީޑިއާ ގުރޫޕުގެ އިދާރާއިން މިހާރު ލިބެން ހުންނާނެ އެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00އަށެވެ.
ސަން ޓީވީން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ދެ މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7970374 ނަންބަރަށް ގުޅުމަށް ސަން ޓީވީން އެދެއެވެ.
މިއަހަރުގެ ޤުރުއާން މުބާރާތަށް 300 ފުރުސަތު ހުޅުވާލާފައި ވާއިރު، މަދަހަ މުބާރާތުގައި ބައިވެރިކުރާން ހަމަޖެހިފައި ވަނީ 200 ބައިވެރީންނެވެ.
ސަން ޓީވީން މިދިޔަ އަހަރު ވެސް ސަން ޤުރުއާން މުބާރާތާއި މަދަހަ މުބާރާތާއި ކުރިޔަށް ގެންދިޔައެވެ.