31 Aug 2011, 12:21
މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. ވެލިދޫން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ވެލިދޫ އަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރަށަކަށް ހެދުމަށްޓަކައި ވެލިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ ރޭ މާލެ އިން ނ. ވެލިދު އަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ދެ ޕެކެޓާ އެކު މީހަކު އެ ސްޓޭޝަނުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އެ ރަށު ސަލްޖަމްގެ ޢަބްދުﷲ އިބްރާހިމްފުޅު 27، އެވެ. އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ، ފުލުހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ އަތުގައިއޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން ނެވެ.
މި މަހު 27 ވަނަ ދުވަހު ވެސް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 46 ރަބަރު ޕެކެޓާ އެކު 23 އަހަރުގެ މީހަކު އެ ސްޓޭޝަނުން ވަނީ ހައްޔަރުކޮށްފަ އެވެ.