އިއްސާއި ލަނޑާ ނަގަން އުޅުނު ދޯންޏެއްގައި ހުރި ޒުވާނެއްގެ މެޔަށް ތޮޅިއެއް ހެރި ނޭވާލާން އުނދަގޫ ވެގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ ސިފައިން ކަމަށާއި މިހާރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތަކީ ކޮބައިކަން އަދި ބުނެދޭން ނޭނގޭ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިރޭ 22:25 ހާއިރު އެ ޒުވާނާ އެމްއެންޑީއެފް ކޯސްޓްގާޑުގައި ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ދޯންޏަކީ އިއްސާއި ލަނޑާ ނަގަން ނުކުމެ އުޅުނު 28 ފޫޓުގެ ދޯންޏެއް ކަމަށް އާޒިމް ވިދާޅުވި އެވެ.