20 Apr 2018, 14:30
މާވެލް އާ ގުޅިގެން ވަން ޕްލަސް އިން އިންޑިއާގައި އެވެންޖާސް ތީމު ފޯނެއް ނެރެން ނިންމައިިފި އެވެ.
ވަން ޕްލަސްގެ ކުރިއަށް އޮތް "ވަން ޕްލަސް6" ގެ އެވެންޖާސް-ތީމް ފޯނެއް ނެރެން ނިންމާފައި މިވަނީ މިދިޔަ އަހަރު އެކުންފުނިން އިންޑިއާގެ މާކެޓަށްް ނެރުނު "ސްޓާ ވާސް ތީމް" ވަން ޕްލަސް 5 ޓީ އަށް ލިބުނު ކާމިޔާބީ އާއެކު އެވެ.
ވަން ޕްލަސް އިން ނެރުނުު ސްޓޭޓްމެންޓެއްގައި ބުނީ މާވެލް ސްޓޫޑިއޯ އާ ގުޅިގެން ނެރެން ނިންމާފައިވާ ފޯނަކީ މޯބައިލް ޓެކްނޮލަޖީގައި އާ އެކްސްޕީއަންސެއް ކަސްޓަމަރުންނަށް ގެނެސް ދިނުމުގެ މަގްސަދުގައި ނެރޭ ފިލްމެއް ކަމަށެވެ.
މިއީ ޑިޒްނީ އިންޑިއާ އާ ގުޅިގެން އެ ކުންފުނިން މާކެޓް ކުރަން ނިންމާފައިވާ އުފެއްދުމެކެވެ.
މި ފޯނުގެ ފޮޓޯ އެއް އަދި ލީކުވެފައި ނުވާއިރު ވަން ޕްލަސް 6 ވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލޯންޗު ކުރާނެ އެވެ. މި ފޯނާ ގުޅޭ ގޮތުން އާންމުވެފައިވާ ހަމައެކަނި މައުލޫމާތަކީ މި ފޯނުގައި ސްނެޕް ޑްރެގަން 845 ޕްރޮސެސާ އެއް ހިމެނޭނެ ކަމެވެ.
Late 2017, we became one with the force.
And now we’ve decided to take our partnership with@Disneyto the next level.
This April, we come face to face with infinite power and the war that will decide the fate of our universe.
See you in theaters on April 27pic.twitter.com/nghW3gHOUH— OnePlus India (@OnePlus_IN)April 19, 2018