19 Apr 2018, 15:27
ވިހި ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސްތައް ހިމެނޭ، އާ ޑޭޓާ ޕެކްތަކެއް އުރީދޫ މޯލްޑިވްސްއިން މިއަދު ތައާރަފްކޮށްފިއެވެ.
އާ ޑޭޓާ ޕެކްތައް ތައާރަފުކުރުމަށްފަހު އުރީދޫގެ ހެޑް އޮފް ބްރޭންޑް އެންޑް ޑިޖިޓަލް، އަރުޝަދު ޝާކިރު ވިދާޅުވީ، ދިވެހިންގެ މެދުގައި ޑޭޓާ ބޭނުންކުރާ މިންވަރު އެއްދުވަހުން އެއްދުވަހަށް އިތުރު ވަމުންދާކަމަށެވެ.
އަދި އުރީދޫއިން ރާއްޖޭގެ ހުރިހާ ރަށްތަކަކަށް 4ޖީ ޕްލަސް ފޯރުކޮށްދެމުން ދާއިރު އިންޓަނެޓް ބޭނުންކުރުމަށް އާ ޕެކޭޖުތަކުން އެތައް ގުނައެއް އިތުރަށް ޑޭޓާ ލިބިގެންދާނެ ކަމަށްވެސް ޝާކިރު ވިދާޅުވިއެވެ.
ޝާކިރު ވިދާޅުވީ، އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ޚިޔާލު ހޯދައި، އެބޭފުޅުން އެދޭ ފަދަ ހެޔޮ ބަދަލުތައް އުރީދޫގެ ޚިދުމަތްތަކަށް ގެނައުމަށް ކަމަށެވެ.
އުރީދޫ އިން މިއަދު ތައާރަފްކޮށްފައިވާ ޕެކޭޖްތަކަކީ:
އުރީދޫ ޑޭޓާ ޕްލޭން 110 އަށް 700 އެމްބީގެ ޑޭޓާ އެލަވަންސް
- އުރީދޫ ޑޭޓާ ޕްލޭން 160 އަށް 1.25 ޖީބީގެ ޑޭޓާ އެލަވަންސް
- އުރީދޫ ޑޭޓާ ޕްލޭން 220 އަށް 2.5 ޖީބީގެ ޑޭޓާ އެލަވަންސް
- އުރީދޫ ޑޭޓާ ޕްލޭން 330 އަށް 5 ޖީބީގެ ޑޭޓާ އެލަވަންސް
- އުރީދޫ ޑޭޓާ ޕްލޭން 440 އަށް 7.5 ޖީބީގެ ޑޭޓާ އެލަވަންސް
- އުރީދޫ ޑޭޓާ ޕްލޭން 1100 އަށް 25 ޖީބީގެ ޑޭޓާ އެލަވަންސް
އުރީދޫގެ ޑޭޓާ ޕްލޭންތައް، ކޮންމެ ގަޑިއެއްގައިވެސް އަދި ކޮންމެ ތަނަކު ހުރެގެންވެސް ނެގޭނެ ކަމަށް އުރީދޫއިން ބުންޏެވެ. އެގޮތުން "މައި އުރީދޫ" އެޕް، އުރީދޫ ނެކްސްޓް، *929# އަށް ގުޅުއްވައިގެން، އަދި އެސްއެމްއެސް މެދުވެރިކޮށްވެސް ޑޭޓާ ޕްލޭންތައް ނެގޭނެއެވެ