ޅ. އަތޮޅު ހިންނަވަރު ގެއެއް ރޯވެ މުޅި ގެ އެއްކޮށް އަނދާފައިވާ ކަމަށް އެ ރަށު މީހަކު ދެންމެ ބުނެފި އެވެ.
ހިންނަވަރު މީހަކު މިރޭ ބުނީ ހަތަރުު ކޮޓަރީގެ ބިޖިލީގޭގައި ރޯވި އަލިފާން ރައްޔިތުން ވެގެން މިހާރު ގާތްގަނޑަކަށް ނިއްވާލެވިފައިވާ ކަމަށެވެ.

އެންމެ މީހަކު އުޅޭގޭގައި އަލިފާން ރޯވީ ކީއްވެގެން ކަން ނޭނގޭ ކަމަށާއި ނަމަވެސް ގޭގެ އެއްވެސް އެއްޗެއް ސަލާމަތް ކުރެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް އޭނާ ބުންޏެވެ.
ާާ
"ބާލިދީތައް ހިފައިގެން ރައްޔިތުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނީ، އެކަމަކު އަދި ނިއްވައެއް ނުލެވޭ،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ކައިރގައި ހުރި ދެ ގެއަަކަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށާއި އެ ތަނުން އެ ގެއިން މީހުން ވެސް ތިބީ މަގުމަތީގައި ކަމަށެވެ.