18 Apr 2018, 13:36
ފަސް ކުރި ފިލްމު "ޓްރުތް އޯ ޑެއާ" މި ހަފްތާ ބަންދުގައި ޝްވެކްގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޖެފް ވާޑްލޯ ޑައިރެކްޓްކޮށް އުފައްދާފައިވާ ބިރުވެރި ފިލްމުގެ ތަރިންގެ ތެރޭގައި ލޫސީ ހޭލް، ޓައިލާ ޕޯސީ، ނޯލަން ޖެރާޑް ފަންކް، ވައިލެޓް ބީން އަދި ސޯފިޔާ ޓެއިލާ އަލީ ހިމެނެއެވެ.
ގޮތް ނޭނގޭ ގޭމެއް ކުޅެގެން ދިރިއުޅުން މުޅިން ބަދަލުވެގެންދާ މަންޒަރު ދައްކުވައިދޭ އެ ފިލްމަކީ ބްލަމްހައުސް ޕްރޮޑަކްޝަންއިން އުފައްދާފައިވާ ސުޕަނެޗުރަލް ތުރިލާ އެކެވެ.
ހުކުރު ދުވަހުގެ ރޭ، މާލޭގެ ޝްވެކްގެ އިތުރުން ހުޅުމާލޭ ޝްވެކްގައި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.