30 Aug 2011, 11:28
ރާއްްޖެ އިން ބޭރުގައި ތިއްބަވާ ފަރާތްތަކަށް ވަތަނިއްޔާ އިން ފުރަތަމަ ކްރެޑިޓް ޓްރާންސްފާގެ ޚިދުމަތްތަޢާރަފް ކޮށްފި އެވެ.
ވަތަނިއްޔާ އިން އެ ހިދުމަތް ދެނީ ޓްރާންސްފާ -ޓު ކުންފުންޏާ ގުޅިގެން ކަަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޚިދުމަތް ބޭނުންކުރައްވައިގެން ވަތަނިއްޔާގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް، އެސްއެމްއެސް މެދުވެރިކޮށް ރާއްޖެ އިން ބޭރުގައި ތިއްބަވާ ރަޙުމަތް ތެރިން ނުވަތަ އާއިލާގެ ބޭފުޅުންގެ ފޯނަށް ވަގުތުން ރީޗާޖް ކޮށްލެވޭނެ ކަމަށް ވަތަނިއްޔާ އިން ބުންޏެވެ.
ވަތަނިއްޔާގެ ކޮމާޝަލް ޑައިރެކްޓަރު މުޙައްމަދު ރިފާއު އިބްރާޙިމް ވިދާޅުވީ އެ ހިދުމަތުގެ ސަބަބުން ވަތަނިއްޔާގެ ކަސްޓަމަރުންނާއި އެ ކުންފުންޏާ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދެ ކަމަށާއި ހާއްސަކޮށް ޢީދާ ދިމާކޮށް މިއީ ވަރަށް ރަގަނޅު ޚިދުމަތަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޓްރާންސްފަ-ޓުގެ ސީއީއޯ އެރިކް ބާބިއާ ވިދާޅުވެފައި ވަނީ ވަތަނިއްޔާއާ އެކު ޕާޓްނާޝިޕް ވެވޭތީ ވަރަށް ހިތްހަމަޖޭ ކަމަށާއި އަދި އެކަމުގެ ސަބަބުން ކިއުޓެލް ގުރޫޕް އަދި ވަތަނިއްޔާގެ ގުޅުން ފެނިގެންދާނެ ކަމަށެވެ.