ރިއަލިޓީ ޓީވީ ތަރި އަދި ކްލޯއީ ކާޑޭޝަން އަށް އަންހެއްކުއްޖަކު ލިބިއްޖެ އެވެ.

ކްލޯއީ ވިހާފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. "ޓްރޫ ތޮމްޕްސަން"ގެ ނަމުން ދަރިފުޅަށް ނަންދީފައިވާ އިރު ޖެނާ، ކާޑޭޝަން އާއިލާ އަކީ އެ އާއިލާގެ ކުދިންނަށް ތަފާތު ނަން ދޭ އާއިލާ އެއްކަން ފާހަގަ ކުރެވެ އެވެ.

ކްލޯއީގެ ދަރިފުޅަށް ދިން ނަން އާންމުކޮށް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް އާންމުކޮށްފަ އެވެ. ނަމަވެސް ދަރިފުޅުގެ ފޮޓޯ އަދި އާންމު ކޮށްފައެއް ނުވެ އެވެ.

ކްލޯއީ އަށް އަންހެއްކުއްޖަކު ލިބިފައިވާއިރު އޭނާގެ ދައްތަ ކިމް ކަޑޭޝަން އަށް ވެސް މިއަހަރުގެ ޖެނުއަރީ މަހު ވަނީ ސަަރަގޭޓް މަންމަ އެއް މެދުވެރިކޮށް އަންހެން ކުއްޖެއް ލިބިފަ އެވެ. ކިމްގެ ތިން ވަނަ ދަރިފުޅަށް ދިން ނަމަކީ ޗިކާގޯ ވެސްޓް އެވެ.

ކްލޯއީ އާ ކިމްގެ އިތުރުން އެމީހުންގެ އާއިލާގެ އެންމެ ހަގު މެންބަރު ކައިލީ ޖެނާ އަށް ވެސް މި އަހަރުގެ ފެބްރުއަރީ މަހު އަންހެން ކުއްޖެއް ލިބިފަ އެވެ. ކައިލީގެ ދަރިފުޅަށް ދިންނަމަކީ ސްޓޯމީ ވެބްސްޓާ އެވެ.