ރާއްޖޭގެ އިސްލާމިކް ޔުނވާސިޓީން ފުރަތަމަ ފަހަރަށް ހިންގި މާސްޓާސް ޑިގްރީ ކޯސްތަކުން 49 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވަނީ އެ ޔުނިވާސިޓީން ހިންގި ހަތަރު މާސްޓާސް ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓްތައް އަރުވައިފައެވެ.

މާސްޓާސް ޑިގްރީ ކޯސްތަކުގެ ތެރޭގައި މަސްޓާސް އޮފް ގިރާތާއި، މާސްޓާސް އޮފް ކޮމްޕެރިޓިބް ލޯސްއާއި، މާސްޓާސް އޮފް އަގީދާ އެންޑް އިސްލާމިކް ތޯޓްސް އަދި މާސްޓާސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖު އެންޑް ލީޑާޝިޕް ހިމެނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވާސިޓީން ހިންގި އެކިއެކި ކޯސްތަކުން މުޅިއެކު 646 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ސެޓްފިކެޓް އިން ފެށިގެން މާސްޓާސްއާ ހަމައަށް ކޯސްތައް ހިމެނެއެވެ.

  • ސެޓްފިކްޓް- 342

  • ޑިޕްލޮމާ- 88
  • ބެޗެލާސް ޑިގްރީ- 105
  • ޕޯސްޓު ގްރެޖުއޭޓް އިން ޑިޕްލޮމާ- 62
  • މާސްޓާސް ޑިގްރީ -49

އިސްލާމިކް ޔުނިވާސިޓީން ހިންގި އެކިއެކި ކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް މިރޭ ވަނީ އެވޯޑް ވެސް އަރުވައިފައެވެ. އެ ދަރިވަރުން ވަނީ ޓިއުޝަން ފްރީ ސްކޯލާޝިޕެއްވެސް ދީފައެވެ.

އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުން

  • މާސްޓާސް އޮފް ކޮމްޕެރިޓިވް ލޯސް : މުހައްމަދު ހިޝާމް އަލީ/ ހ. އާޒާދީވާދީ
  • ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިން : ޝާހިދާ ދާވޫދު/ ފިނިރޯޅިގެ، ހދ. މަކުނުދޫ
  • ބެޗެލާ އޮފް ޓީޗިން ގުރުއާން ވިތު އޮނާސް : މުހައްމަދު އަހުމަދު/ ނާޑު، ޅ. ހިންނަވަރު
  • ޑިޕްލޮމާ އިން ޓީޗިން އިސްލާމިކް ސްޓަޑީސް : މުހައްމަދު އަރުސަލް/ ރ. ކިނޮޅޮސް
  • ޑިޕްލޮމާ ފޯ އިމާމްސް: އަބްދުލް އަޒީޒް އިބްރާހިމް/ ފ. ދަރަނބޫދޫ