30 Aug 2011, 10:10
ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް އައްޑޫ އަށް ކުރައްވާ ދަތުރުފުޅުގައި ސާކް ސަމިޓަށް ތައްޔާރު ކުރަމުންދާ ދަރުބާރުގެ މަސައްކަތްތަކާއި، ސަމިޓަށް ވަމުންދާ އެހެނިހެން ތައްޔާރީތައް ބައްލަވާލައްވާނެ އެވެ.
ރައީސްގެ ދަތުރުފުޅުގެ ރަސްމީ ބައި ނިންމެވުމަށްފަހު، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއެކު އީދުގެ ދުވަސްތައް، ނުރަސްމީ ޗުއްޓީ ދަތުރުފުޅެއްގެ ގޮތުގައި އައްޑު އަތޮޅުގައި ހޭދަކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.