Back
Nov 23, 2025 SUN
SUN

ފުވައްމުލަކަށް އަލުން ކަރަންޓްދީފި

ފުވައްމުލަކަށް އަލުން ކަރަންޓްދީފި
Lead photo

ބިމު އަޑީގައި ވަޅުލާފައި އޮތް ކަރަންޓު ކޭބަލަކަށް ގެއްލުންވެ، ފުވައްމުލަކު ސިޓީގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނު މައްސަލަ ހައްލުކޮށް އެސިޓީއަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން އެ މައްްސަލަ ހައްލުކޮށް ކަރަންޓްދީފައިވާ ކަމަށް ބުނެފައިވަނީ މިރޭ ކުރި ޓްވީޓެއްގައެވެ.

ފެނަކައިން ކުރިން ބުނީ ކަރަންޓް ކޭބަލަށް ގެއްލުންތަކެއް ލިބުނީ ފުވައްމުލަކު ސިޓީގެ ދޫޑީގަމް އަވަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމު ކުރަމުންދާ ސްރީލަންކާގެ ސިއަރާ ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ހޮޅި ވަޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އެ މަސައްކަތުގައި ހައި ވޮލްޓޭޖް ކޭބަލްގެ ދެތަނަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އެ މައްސަލަ ހައްލުކޮށް ފުވައްމުލައް ސިޓީއަށް ކަރަންޓު ދިނުމުގެ މަސައްކަތް ފެނަކައިގެ އިންޖިނިއަރުންގެ ޓީމުން ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ވިދާޅުވީ މިއަދު ހެނދުނު ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓް ކެނޑިފައިވަނީ ދޫޑިގަމް އަވަށުގެ ބޮޑުބަޔަކުން ކަމަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics