ގައުމީ ޔުނިވާސިޓީގައި އަލަށް ގާއިމުކުރާ ސްކޫލު އޮފް މެޑިސިންގެ ޑީންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ގައުމީ ޔުނިވާސިޓީން މިއަދު އާންމުކުރި އިއުލާނުގައި ބުނީ ޑީންކަމުގެ މަގާމަށް ކުރިމަތިލާން ޝައުގުވެރިކަން ހުރި ބޭފުޅުން އަންނަ މަހު ތިނެއްގެ ކުރިން އެ ޔުނިވާސިޓީގެ މަރުކަޒީ އިދާރާއަށް ފޯމު ހުށަހަޅަން ޖެހޭނެ ކަަމަށެވެ.

ޑީންގެ މަގާމަށް ކުރިމަތިލުމުގެޝަރުތުތަކުގެތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ނުވައެއްގެ ފެންވަރުގެ ފާހެއް މެޑިސިންގެ ދާއިރާއިން އޮތުމާއި މަދުވެގެން ތިން އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ އޮންނަން ޖެހޭނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.

މިއީ ހަތަރު އަހަރު ދުވަހަށް އައްޔަނުކުރެވޭ ވަޒީފާއެކެވެ.

އެ މަގާމަށް އައްޔަނުކުރާ ބޭފުޅެއްގެ މުސާރައަށް، ޕީއެޗުޑީ ހާސިލްކޮށްފައިވާ ނަމަ 46،179.32 ރުފިޔާ ލިބޭއިރު، މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ނަމަ 38،500 ރުފިޔާ ލިބެއެވެ. އަދި ޓެނިއަޝިޕް އެލަވަންސްގެ ގޮތުގައި 9،000 ރުފިޔާވެސް ލިބެއެވެ.

މަގާމަށް ކުރިމަތިލާން ހުށަހަަޅަން ޖެހޭ ފޯމު ގައުމީ ޔުނިވާސިޓީގެވެބްސައިޓުންލިބޭނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އެމްއެންޔޫ ސްކޫލް އޮފް މެޑިސިން ހުންނާނީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތުގެ އަށްވަނަ ބުރިއާއި 14 ވަނަ ބުރީގައެވެ.