16 Apr 2018, 13:07
އިލެކްޝަންސް ކޮމިޝަންގެ ސްޕޯކްސް ޕާސަން ކަމަށް އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ހަމަޖައްސައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސްޕޯކްސް ޕާސަން ކަމަށް އަކުރަމް ހަމަޖައްސާފައި ވަނީ އެ ކޮމިޝަންގެ 403 ވަނަ އާންމު ޖަލްސާ އިން ކަމަށެވެ.
މިހާތަނަށް އެ ކޮމިޝަނުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ގެންދަވަނީ އަކުރަމެވެ. އިލެކްޝަންސް ކޮމިޝަނަކީ މީޑިއާއާ ވަރަށް ގާތް ގުޅެއް ބާއްވަމުން އަންނަ ކޮމިޝަނެކެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ދާދިފަހުން އެ ކޮމިޝަނުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމަތު ހިއްސާކޮށްފައެވެ.