29 Aug 2011, 22:16
މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ދުވަސްކަމަށް އިސްލާމިކު މިނިސްޓްރީން ދާދި ދެންމެ ކަނޑައަޅައި އިއުލާންކޮށްފި އެވެ.
ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޖަލްސާއެއްގައި މިނިސްޓަރުގެ ނައިބު އައްޝައިހު މުހައްމަދު ފާރޫގު ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލު މަހުގެ ހަނދު ނުފެންނަ ކަމަށާއި ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާތީ މާދަމައަކީ ރާއްޖެ އަށް ވެސް ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑަައަޅައި މާދަމާ އީދު ކަމަށް ހަމަޖެއްސެވީ ކަމަށެވެ.
މެލޭޝި އާއި ބައެއް އިސްލާމީ ބައެއްގައުމުތަކަށް ހަނދުފެނިފައިވުމާ އެކު ފަލަކީ އިލްމުވެރިން ވެސް މިގޮތަށް އިއްތިފާގުވެފައިވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.