16 Apr 2018, 09:49
އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން ސީއެޗުއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާއަށް ދޭން ނިންމި" އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް ޑިސްޓިންގުއިޝްޑް އެލުމުނާއީ އެވޯޑް" ހަވާލުކޮށްފި އެވެ.
އެ އެވޯޑު ސޮފޫރާއަށް ހަވާލުކޮށްދެއްވީ އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ހަފްލާއެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް އެވެ.
މިއީ ދިވެއްސަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.

"އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް ޑިސްޓިންގުއިޝްޑް އެލުމުނާއީ އެވޯޑް" ސޮފޫރާ އާ ހަވާލުކޮށްދެއްވުން --- ފޮޓޯ: އިންޑިއަން ކަލްޗަރަލް ސެންޓަރު
މި އެވޯޑަކީ އިންޑިއާ ސަރުކާރުންދޭ އައިސީސީއާރު ސްކޮލަޝިޕުގެ ދަށުން ކިޔެވި ބޭފުޅުންގެ ތެރެއިން ހޮވާލެވޭ ބޭފުޅުންކޮޅަކަށް ދޭ އެވޯޑެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރު މުހައްމަދު ހާލިދު މީގެ ކުރިން ސަން އަށް ވިދާޅުވި އެވެ.
އެވޯޑާ ހަވާލުވެ ވަޑައިގަތުމަށް މި މަހުގެ 12 އިން 19 އަށް ސަފޫރާ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ޖެއިޕޫރާއި އާގަރާ އަދި ބެންގަލޫރަށް ޒިޔާރަތް ކުރައްވާނެ އެވެ.