މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ރަބަރު ހަތް ޕެކެޓާ އެކު މީހަކު ފ. އަތޮޅުން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ފިތުރު ޢީދު ބަންދާ ދިމާކޮށް ހިންގަމުން އަންނަ އޮޕަރޭޝަންތަކުގެ ތެރެއިން ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޅ. ނައިފަރު، ހާލި، އަޙުމަދު މުޙައްމަދު،25، ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭ މާލެ އިން ފީއައްޔަށް ދަތުރުކުރި ދޯންޏަކުން ފީއައްޔަށް ފޭބިތަނުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި އެ ޕެކެޓްތައް ފެނިފައި ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޗެކްކުރުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.