15 Apr 2018, 14:50
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ސަރުކާރުގެ ގެޒެޓުގައި ގައުމީ ޔުނިވާސިޓީން މިއަދު އާންމުކުރި އިއުލާނުގައި ބުނީ ޑީން ކަމުގެ މަގާމަށް ކުރިމަތިލާން ޝައުގުވެރިކަން ހުރި ބޭފުޅުން މިމަހުގެ 26ގެ ކުރިން އެ ޔުނިވާސިޓީގެ މަރުކަޒީ އިދާރާއަށް ފޯމު ހުށަހަޅަން ޖެހޭނެ ކަަމަށެވެ.
ޑީންގެ މަގާމަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ނުވައެއްގެ ފެންވަރުގެ ފާހެއް އޮތުމާއި މަދުވެގެން ތިން އަހަރު ދުވަހުގެ ހިންގުމުގެ ނުވަތަ ޓާޝަރީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ޙާޞިލްކޮށްފައިވާން ޖެހޭނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.
މިއީ ހަތަރު އަހަރު ދުވަހަށް އައްޔަނުކުރެވޭ ވަޒީފާއެކެވެ.
ސަނަދުތަކުގެ އޮނިގަނޑު ލެވެލް ނުވައެއްގެ ފެންވަރުގެ ފާހެއް އޮތް މީހަކު އެވަގުތު ނުލިބިއްޖެ ނަމަ ހަމަޖެއްސޭނީ އެކްޓިންގް ހެޑްގެ މަޤާމަށް ކަމަށާއި އެކްޓިންގަ ހެޑްގެ މަޤާމަށް މީހަކު ޢައްޔަނުކުރާ ނަމަ ޢައްޔަނުކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ވެސް ގައުމީ ޔުނިވާސިޓީން ބުންޏެވެ.
އެ މަގާމަށް އައްޔަނުކުރާ ބޭފުޅެއްގެ މުސާރައަށް، ޕީއެޗުޑީ ހާސިލްކޮށްފައިވާ ނަމަ މުސާރާއިގެ ގޮތުގައި 15،246 ރުފިޔާއާއެކު 6534 ރުފިޔާ ސާވިސް އެލަވަންސްގެ ގޮތުގައި ލިބެ އެވެ. އަދި މާސްޓާސް ހާސިލްކޮށްފައިވާ ނަމަ މުސާރާއިގެ ގޮތުގައި 12687 ރުފިޔާއާ އެކު 5437 ރުފިޔާ ސާވިސް އެލަވަންސްގެ ގޮތުގައި ލިބެއެވެ.
މަގާމަށް ކުރިމަތިލާން ހުށަހަަޅަން ޖެހޭ ފޯމު ގައުމީ ޔުނިވާސިޓީގެވެބްސައިޓުންލިބޭނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.